ބްލެކްމެއިލްކޮށް ބިރުދައްކާ މައްސަލައެއްގައި ތުހުމަތުވާ މީހަކު ހޯދަން ޢިއުލާންކޮށްފި
ބްލެކްމެއިލްކޮށް ބިރުދައްކާ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައި ޢިއުލާން ކޮށްފިއެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހަށް ހާޒިރުވާން އަންގައި ޢިއުލާންކޮށްފައި ވަނީ، އަޙްމަދު ޝަހްބާން، ހދ. ނޮޅިވަރަން / ހަމްނާ، (27އ) އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާކަމަށެވެ. ތ...