މާލެއިން މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެއިން މީހަކު ގެއްލިގެން އެ އިދާރާއަށް ރިޕޯޓް ކުރުމުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ.

Ad
rt

ގެއްލިގެން ހޯދަމުން ދަނީ ގއ. ވިލިނގިލި/ކަނޑުއޮޅި އުމުރުން 33 އަހަރުގެ ޙަސަން ޝިހާބެވެ.

ޝިހާބު ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އަދި އޭނާ ހޯދިފައެއް ނުވެއެވެ.

ގެއްލިގެން ހޯދަމުންދާ ޝިހާބާއިބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 ގުޅުއްވައި ، އެމައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.