ހުޅުމާލޭ 113 ނަމްބަރު ފްލެޓުން ރޭ ވައްކަން ކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެ ފްލެޓުން ވައްކަން ކުރިކަމުގެ ރިޕޯޓް ރޭ 3:19 ގައި އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.
ވަގުން ވަދެ އެ ފްލެޓުން ތިން ފޯނާއި، 1300 އަށް ވުރެ ގިނަ ޑޮލަރު ވަނީ ވަގަށް ނަގާފައެވެ.
މި ވައްކަމުގެ މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރަމުން ގެންދަވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!