ހިއުމަން ޓްރެފިކިން މައްސަލައެއްގައި ފުލުހަކާއެކު 4 މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިޔާތަކަށް މަޢުލޫމާތުދެމުން ބުނެފައިވަނީ ހިއުމަން ޓްރެފިކިންގެ މައްސަލައިގައި އެ ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.

Ad
rt

މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަަނީ 28 އަހަރާއި 65 އަހަރާ ދެމެދުގެ ފިރިހެނުން ނެވެ. އޭގެތެރޭގައި ފުލުހަކާއި ބިދޭސީއެއްވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ހައްޔަރުގައި ހުރި ފުލުސް މީހާ ހުރީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައި ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މިމައްސަލައިގައި ހައްޔަރުގައިތިބި ހަތަރު މީހުންގެ ތެރެއިން ދެމީހެއްގެ ބަންދަށް 15 ދުވަސް އަދި އަނެއް ދެމީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވެއެވެ.