ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކުރި މައްސަލައެއް އެ ޚިދުމަތަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 6:20 ހާއިރެވެ.

މިކަން ހިނގާފައި ވަނީ މާލޭގެ ގެއެއްގައެވެ. އެ އަންހެން މީހާގެ ފިރިމީހާއަކީ ވެސް ބިދޭސީ އެކެވެ.

"އަނިޔާ ލިބުނު އަންހެން މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން" ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާ ކަމަށެވެ.

އެ ދެމަފިރިން ނިސްބަތްވާ ގައުމެއް ފުލުހުން އަދި ހާމައެއް ނުކުރައެއްވައެވެ.