އަޕަރ ނޯތް ޕޮލިސް ރީޖަން ( ހއ، ހދ ، ށ) ގައި ހިމެނޭ ރަށަކުން ފިރިހެން ކުއްޖަކާއި މެދު އިހުމާލުވީ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ރޭގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ މި މައްސަލާގައި އިހުމާލު ވެފައިވަނީ އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

Ad
rt

މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ އިތުރު ކަންތައްތައް ފުލުހުން ދަނީ ބަލަމުންނެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ކުޑަކުދިންނާއި ގުޅޭ މައްސަލަ ތަކަކީ ސީރިއަސް މައްސަލަ ތަކަކަށް ވާތީ ، ކުއްޖާގެ އައިޑެންޓީޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރެވޭނެ ކަމަށެވެ.