މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިފި
ހއ. މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިއެވެ. ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރެވެ. މުރައިދޫ ކުޑަކުދިންގެ ޕާކަކީ، ހއ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު އެރަށު ރައްޔިތުން ތަރައްގީ ކުރި ޕާކެކެވެ. މި ކާޕް ތަރައްގީކުރުމަށް އަތޮޅު ކައުންސިލުން 1 ލައްކަ ރުފިޔާގެ މާލީ އެހީއެއް ދީފަވެއެވެ. މުރައިދޫ ކ...