ހއ. މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރެވެ.

Ad
rt

މުރައިދޫ ކުޑަކުދިންގެ ޕާކަކީ، ހއ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު އެރަށު ރައްޔިތުން ތަރައްގީ ކުރި ޕާކެކެވެ. މި ކާޕް ތަރައްގީކުރުމަށް އަތޮޅު ކައުންސިލުން 1 ލައްކަ ރުފިޔާގެ މާލީ އެހީއެއް ދީފަވެއެވެ.

މުރައިދޫ ކުޑަކުދިންގެ ޕާކް ޑިޒައިންކޮށްފައިވާ ގޮތުން ކުޑަކުދިން ގޮވައިގެން ކުޅިވަރުތައް ކުޅުމުގެ އިތުރަށް ފޮތް ކިޔައިލުމަށް ޓަކައި ލައިބުރަރީ ކޯނާއެއް ވެސް ވަނީ އެ ތަނުގައި ގާއިމްކޮށްފައެވެ.

ބޮނބިފަންނު ބީޗަކީ މުރައިދޫ ކައުންސިލުގެ އެހީތެރިކަމާއެކު އެރަށު ރައްޔިތުންގެ މަސައްކަތުން ތަރައްގީކޮށްފައިވާ ތަނެކެވެ.

މިތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، މުރައިދޫ ރައްޔިތުންނަކީ ރަށުތެރެ ސާފުކޮށް ބެލެހެއްޓުމުގައި ނަމޫނާ ރައްޔިތެއް ދިރިއުޅެމުން އަންނަ ރަށެއް ކަމަށެވެ. މި ފަދަ މަސައްކަތްތަކުގައި ރައްޔިތުން ގުޅިގެން އެއް ރޫޙެއްގައި މަސައްކަތް ކުރުމުގެ ނަތީޖާ މިއަދު ފެންނަމުން ދާކަމުގައި ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ދެއްކެވި ވާހަކާގައި، މި މަސައްކަތަކީ ރައްޔިތުންގެ ބުރަ މަސަތްކަން ވަނީ ފާހަގަކުރަށްވާފައެވެ.