ހއ. މުރައިދޫ ކައުންސިލުން އެރަށު ކަނބަލުންނަށް ޚާއްޞަކޮށް ބާއްވާ 7 ވަނަ ވޮލީ މުބާރާތް އިއްޔެ ފަށައިފިއެވެ.
އެ ކައުންސިލުން މައުލޫމާތު ދީފައިވާ މި މުބާރާތަކީ 8 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތެކެވެ.
4 ޓީމަކުން ބައިވެރިވެގެން ކުރިއަށްދާ މި މުބާރާތުގެ އިއްޔެ ކުރިއަށް ދިޔަ މެޗްގައި ބައްދަލުކޮށްފައި ވަނީ ޖީނިޔަސް އާއި ވައިލްޑްވިންގް އެވެ.
މި މެޗު 3 ސެޓު 1 ސެޓުން ކާމިޔާބު ކޮށްފައިވަނީ ޖީނިޔަސް އެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖީނިޔަސް ގެ ޖާރޒީ ނަންބަރ 6 އިބާދާއެވެ.
މި މުބާރާތުގައި ދެން ބައިވެރިވެފައިވާ 2 ޓީމަކީ ޑިފެންޑާސް އަދި ނީޑް ފޮ ސްޕީޑްއެވެ.
މުބާރަތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ހަވީރު 16:15 ގައެވެ.
ހއ. މުރައިދޫ އަކީ ފޯރީގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާ ރަށެއްކަން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!