ފެނާއި ނަރުދަމާ ނިޒާމާއި ގުޅޭ ފަންނީ ތަޖުރިބާ ބަދަލުކުރުމަށް ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެންވައިރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމެވެ. ތުރުކީ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އިސްތަންބޫލް ވޯޓާ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ.
މި އެއްބަސްވުމުގެ ދަށުން މި ދާއިރާއިން މީހުން ތަމްރީނު ކުރުމާއި، ދާއިރާއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސްތަކުގައި ދެ ގައުމު ގުޅިގެން ބައިވެރިވެ، ދާއިރާއަށް ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެންވައިރަމެންޓް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީކުރުމަށް ދެ ގައުމު ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!