ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސެމިނާއެއް ބާއްވައިފި

ސެމިނާގެ ތެރެއިން، ފޮޓޯ: ތިމާވެއްޓާބެހޭ ވުޒާރާ
ސެމިނާގެ ތެރެއިން، ފޮޓޯ: ތިމާވެއްޓާބެހޭ ވުޒާރާ

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސެމިނާއެއް މިއަދު ބާއްވައިފިއެވެ.

ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ވަނީ ސެމިނާއެއް ބާއްވާފައެވެ.

''ޕްލާސްޓިކް ކުންޏަށް ހައްލެއް ގެންނަމާ!'' މި ޝިޔާރުގެ ދަށުން ކުރިޔަށް ގެންދިޔަ މި ސެމިނާގައި ޕްލާސްޓިކް ކުނި މަދުކުރުމުގެ މަސައްކަތުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވަމުންދާ ތިން ތަޖުރިބާކާރުން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވިކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ސެމިނާގައި ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތަށާއި, ރާއްޖޭގެ އިޤްތިސާދީ އަދި އިޖްތިމާއީ ދުޅަހެޔޮކަމަށް ލިބޭ ގެއްލުންތަކާއިމެދު މަޝްވަރާކޮށް, ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވޭނެ ތަކެއްޗާއި ޕްލާސްޓިކް ކުނި ގިނަ ނުވާގޮތްތައް މަޝްވަރާކުރެވުނު ކަމަށް ވެސް އެ ވުޒާރާއިން ވަނީ މައުލޫމާތު ދެއްވާފައެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް މި އަހަރު ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ އއ. އުކުޅަހުގައެވެ. އެރަށުގައި މި ދުވަހާގުޅޭ ހަރަކާތްތައް ކުރިއަށް ގެންދަނީ ތިމާވެއްޓާބެހޭ ވުޒާރާ އާއި އުކުޅަސް ކައުންސިލް ގުޅިގެންނެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރުއް ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް މިއަދު ވަނީ އުކުޅަހުގައި ފަށާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި