މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

85 Stories filed
ސައުދީ އިން ރާއްޖެއަށް 300 އަށްވުރެ ގިނަ ސްކޮލާޝިޕް
Raajje

ސައުދީ އިން ރާއްޖެއަށް 300 އަށްވުރެ ގިނަ ސްކޮލާޝިޕް

ސައުދީ އަރަބިއާ އިން ރާއްޖެއަށް 300 އަށްވުރެ ގިނަ ސްކޮލާޝިޕް ދީފިއެވެ. ރާއްޖޭގެ މަތީ ތައުލީމާއި ބެހޭ ވުޒާރާ އިން ވިދާޅުވީ ސައުދި އަރަބިއާ ގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ރާއްޖެ އަށް 300 އަށް ވުރެ ގިނަ ސްކޮލާޝިޕް ފުރުސަތު ދީ، ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށެވެ. މި ސްކޮލާޝިޕްތަކުގެ ތެރޭގައި ކޮމްޕިއުޓާ ސައިންސް، އެގްރިކަލްޗާ، އެޑިއުކޭޝަނަލް ސްޕެޝަލިޓީޒް، އިސްލާމް އެންޑް އަރަބް ލޭންގްވޭޖް، އިންޖިނިއަރިން، އިކޮނެމި، ޕޮލިޓިކްސް، ލޯ، މީޑިއާ އަދި ބިޒްނަސް މެނޭޖްމަންޓް ފަދަ ދާއިރާތަކުގެ […]

މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަޝިޕް 7 ފަރާތަކަށް
Raajje

މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަޝިޕް 7 ފަރާތަކަށް

މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަޝިޕް 7 ފަރާތަކަށް ދީފިއެވެ. މަތީ ތައުލިމާއި ބެހޭ ވުޒާރާއިން މިހާރުވަނީ ހުރިހާ ހަރަދެއް ސަރުކާރުން ބަލަހައްޓަވާގޮތަށް ޑޮކްޓަރުން ސްޕެޝަލައިލްވުމަށް ހުޅުވާލެއްވި ސްކޮލާޝިޕް ލިބިވަޑައިގަންނަވާ 7 ޑޮކްޓަރުންގެ ވަގުތީ ލިސްޓް ނެރުއްވާފައެވެ. މިއީ މިއަހަރުގެ އޭޕްރިލް މަހު އެ ވުޒާރާ އިން ހުޅުވާލެއްވި ފުރުސަތެކެވެ. މި ސްކޮލާޝިޕް ލިބުނު ޑޮކްޓަރުންގެ ދާއިމީ ލިސްޓު އިއުލާންކުރައްވާނީ މި އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅު...

ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް 202 ފަރާތަކަށް ސްކޮލާޝިޕް ދީފި
Raajje

ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް 202 ފަރާތަކަށް ސްކޮލާޝިޕް ދީފި

ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް 202 ފަރާތަކަށް ސަރުކާރުން ސްކޮލާޝިޕް ދީފިއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މި ސްކޮލާޝިޕް ސްކީމުގެ ދަށުން ހުޅުވައިލި 200 ފުރުސަތަށް 322 ފަރާތަކުން ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން ޕަބްލިކް ކެޓަގަރީ 50 ކެންޑިޑޭޓުން ކޮލިފައިވެފައިވާއިރު، އޯޕަން ކެޓަގަރީ އަށް 152 ކެންޑިޑޭޓުން ކޮލިފައިވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީން ވިދާޅުވީ މި ނަތީޖާއާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 11...

ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފި
Raajje

ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ލިސްޓު މަތީ ތައުލީމާއި ބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު، އެ ވުޒާރާއިން ވަނީ 720 ލޯން ފުރުޞަތަށް ހުޅުވާލާފައެވެ. އަދި މި ފުރުސަތުތަކަށް 1،507 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. ސްޓޫޑެންޓް ލޯންގެ ވަގުތީ ލިސްޓް އާންމުކޮށްފައިވަނީ މިޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. އެލިސްޓުގައި 1،225 ދަރިވަރުން ހިމެނުނު ނަމަވެސް ދާއިމީ ލިސްޓް އާންމު ކުރިއިރު 1275 ދަރިވަރަކަށް ލޯނު ލިބޭކަން ވަނީ ހާމަކޮށްފައެވެ. […]

ބޮޑުވަމުން އަންނަ ކުއްޖަކަށް ދެ އަހަރުގެ އޭލެވެލް ތައުލީމަކީ ވަރަށް މުހިއްމު ކަމެއް: ޑރ. އިބްރާހިމް ހަސަން
Raajje

ބޮޑުވަމުން އަންނަ ކުއްޖަކަށް ދެ އަހަރުގެ އޭލެވެލް ތައުލީމަކީ ވަރަށް މުހިއްމު ކަމެއް: ޑރ. އިބްރާހިމް ހަސަން

ބޮޑުވަމުން އަންނަ ކުއްޖަކަށް ދެ އަހަރުގެ އޭލެވެލް ތައުލީމަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށް މަތީ ތައުލީލާއި ބެހޭ ވަޒީރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެެވެ. ކަލާފާނު ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ހަރުދަނާ ޒުވާނަކަށް ވުމަށްޓަކައި މަދަރަސީ ތައުލީމުގެ 12 އަހަރު މުހިއްމު ކަމަށާއި މަދުރަސީ ހަޔާތުގެ 10 އަހަރަށްވުރެ 12 އަހަރު ހުރިހާ ގޮތަކުން ވެސް މުހިއްމު ކަމަށެވެ. އެމަނިކުފާނުގެ ނަޒަރުގައި ބޮޑުވަމުން އަންނަ ކުއްޖަކަށް ދެ […]

ދިއްދޫ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ކުރިއަށްދާގޮތް ހަޔާ އެޑިއުކޭޝަން މިނިސްޓަރ ބައްލަވާލައްވައިފި
Thiladhunmathi News

ދިއްދޫ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ކުރިއަށްދާގޮތް ހަޔާ އެޑިއުކޭޝަން މިނިސްޓަރ ބައްލަވާލައްވައިފި

ހއ. ދިއްދޫގައި ގާއިމުކުރާ ޖޫނިއަރ ކޮލެޖުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން އެރަަށަށް ޒިޔާރަތްކުރައްވައިފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދާއި ހަޔަރ އެޑިޔުކޭޝަންގެ އިސްވެރީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ކޮލެޖް އޮޕަރޭޝަނަލައިޒް ކުރުމުގެ ތައްޔާރީތަކާއި ގުޅޭގޮތުން ދިއްދޫ ކައުންސިލާއެކު މިނިސްޓްރީގެ ޓީމުން ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވިދާޅުވީ މަތީ ތަޢުލީމާއި ތަމްރީނު ފޯރުކ...

ތައުލީމު ހޯދަނީ ތަހުޒީބު ދިރިއުޅުމެއް އުޅެވޭތޯ ބެލުމަށް: ޑރ. އިބްރާހިމް ހަސަން
Raajje

ތައުލީމު ހޯދަނީ ތަހުޒީބު ދިރިއުޅުމެއް އުޅެވޭތޯ ބެލުމަށް: ޑރ. އިބްރާހިމް ހަސަން

ތައުލީމު ހޯދަނީ ތަހުޒީބު ދިރިއުޅުމެއް އުޅެވޭތޯ ބެލުމަށް ކަމަށާއި އެބަދަލު ނުގެނެވޭ ކަމުގައިވާނަމަ ތައުލީމުގެ ބޭނުމެއް ނެތްކަމަށް މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ. މެޕްސް ކޮލެޖުގެ ގްރެޖުއޭޝަން ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ތިމާގެ ސަބަބުން މުޖުތަމައަށް ހެޔޮ، ރަނގަޅު ބަދަލެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ދަސްވެނިވެގެން ނިކުންނައިރު ތިމާއާއި އެހެން މީހުންނާއި ތަފާތުވާންޖެހޭނެ ކަމަށާއި ތިމާ މަސައްކަތް ކުރާ މާހައުލުގައ...

ޕައިލެޓުކަން ކިޔެވުމަށް 479 ދަރިވަރަކަށް ލޯނު ދޫކުރަނީ
Raajje

ޕައިލެޓުކަން ކިޔެވުމަށް 479 ދަރިވަރަކަށް ލޯނު ދޫކުރަނީ

ޕައިލެޓުކަން ކިޔަވުމަށް 479 ދަރިވަރަކަށް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް މަތީތައުލީމާއިި ބެހޭ ވަޒީރު ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. ޑރ. ހަސަން މިހެން ވިދާޅުވީ ސްޓޫޑެންޓް ލޯންއާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ މިއާއެކު ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް އާދަޔާ ހިލާފު ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. މީގެ އިތުރުން އެމްބީބީއެސް އަށް 133 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށާއި ޕޯސްޓް ގްރ...

ތައުލީމު ހާސިލުކުރަން ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޑރ. އިބްރާހީމް ހަސަން އިލްތިމާސެއް
Raajje

ތައުލީމު ހާސިލުކުރަން ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޑރ. އިބްރާހީމް ހަސަން އިލްތިމާސެއް

ތައުލީމު ހާސިލުކުރަން ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. އިބްރާހީމް ހަސަން އިލްތިމާސް ކުރައްވައިފިއެވެ. އޭނާ މިފަދައިން އިލްތިމާސް ކުރެއްވީ ރައީސްގެ ހާއްސަ ސްކޮލާޝިޕާއި އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ސްކޮލާޝިޕް ލިބުނު ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވަނީ ކޮންމެ ގައުމަކަށް ދިޔަނަމަވެސް، ކޮންމެ ކުއްޖަކު ވެސް ތިމާއަކީ މުސްލިމެއްކަމާއި، ދިވެއްސެއްކަން ހަނދާނުގައި ބެހެއްޓުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި މުސްލިމ...

ދިއްދޫ ޖޫނިއާ ކޮލެޖާއި އަލިފުށީ ޓިވެޓް ސެންޓަރުގެ ބައެއް ވަޒީފާތަކަށް ހުޅުވާލައިފި
Raajje

ދިއްދޫ ޖޫނިއާ ކޮލެޖާއި އަލިފުށީ ޓިވެޓް ސެންޓަރުގެ ބައެއް ވަޒީފާތަކަށް ހުޅުވާލައިފި

ހއ. ދިއްދޫގައި ތަރައްޤީކުރަމުންދާ ޖޫނިއަރ ކޮލެޖާއި ރ. އަލިފުށީގައި ތަރައްޤީކުރަމުންދާ ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރުގެ ބައެއް މަޤާމުތަކަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނީ މި ދެ ތަނުގެ ޕޯސްޓް ކޮންސްޓްރަކްޝަން ސްޓޭޖުން އޮޕަރޭޝަނަލް ސްޓޭޖަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އިންސްޓިޓިއުޓް އެކަށީގެންވާ ފެންވަރަކަށް ހިންގުމަށް ދެ މެނޭޖަރުން ނެގުމަށް އިޢުލާނު ކޮށްފައިވާ ކަމަށެވެ. އަދި މި އިއުލާން ކުރީ މިދިޔަ ހަފްތާގައި ކަމ...

ހައި އެޗީވާސް ސްކޮލާޝިޕަށާއި މޮފްކޮމް ސްކޮލާޝިޕަށް ހުޅުވާލައިފި
Raajje

ހައި އެޗީވާސް ސްކޮލާޝިޕަށާއި މޮފްކޮމް ސްކޮލާޝިޕަށް ހުޅުވާލައިފި

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޮލާޝިޕަށް ޝަރުތުހަމަވާ ދަރިވަރުންނަށް މި ސްކޮލާޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތާއި، މޮފްކޮމް ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އިފް ހަޔާ އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ. ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް މި ސްކޮލާޝިޕް އުސޫލުގެ ދަށުން ފުރުޞަތު ދެވޭނީ، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ”ނެޝެނަލް ޓްރެއިނިންގް ނީޑްސް ލިސްޓް”ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑި...

ރައީސްގެ ހާއްސަ ސްކޮލާޝިޕަށް ހުޅުވާލައިފި
Raajje

ރައީސްގެ ހާއްސަ ސްކޮލާޝިޕަށް ހުޅުވާލައިފި

2022 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލާޝިޕަށް ޝަރުތުހަމަވާ ދަރިވަރުން މި ސްކޮލާޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޢިއުލާންގައި ވިދާޅުވެފައިވާ ގޮތުގައި މި ސްކޮލާޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު، މި ސްކޮލާޝިޕާބެހޭ އުޞޫލުގައިވާ ގޮ...

ހަރުކަށި ފިކުރުގެ ނުފޫޒުތަކުން ޒުވާނުން އަހުލުވެރިކުރުމަށް ހަޔާ އެޑިޔުކޭޝަނުން އެހީތެރިވެދޭނެ: ޑރ. އިބްރާހިމް ހަސަން
Raajje

ހަރުކަށި ފިކުރުގެ ނުފޫޒުތަކުން ޒުވާނުން އަހުލުވެރިކުރުމަށް ހަޔާ އެޑިޔުކޭޝަނުން އެހީތެރިވެދޭނެ: ޑރ. އިބްރާހިމް ހަސަން

ހަރުކަށި ފިކުރުގެ ނުފޫޒުތަކުން ޒުވާނުން އަހުލުވެރިކުރުމަށް ހަޔަރ އެޑިޔުކޭޝަނުން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީޓީ) އަށް އެހީތެރިކަން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަގީންކަން ދެއްވީ އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމަށް މަސައްކަތްކުރުމުގެ ނޭޝަނަލް އެކްޝަން ޕްލޭން މުރާޖައާ ކުރުމަށް ބޭއްވި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ހަރުކަށިފި...

ދިއްދޫ ޖޫނިއާ ކޮލެޖާއި އަލިފުށީގައި ޓިވެޓް ސެންޓަރު ހިންގާނެ ބަޔަކު ހޯދަނީ
Thiladhunmathi News

ދިއްދޫ ޖޫނިއާ ކޮލެޖާއި އަލިފުށީގައި ޓިވެޓް ސެންޓަރު ހިންގާނެ ބަޔަކު ހޯދަނީ

ހއ. ދިއްދޫގައި އަޅާ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީގައި އަޅާ ޓިވެޓް ސެންޓަރ ހިންގާނެ ފަރާތްތަކެއް ހޯދަން އިއުލާން ކޮށްފިއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ މި މަސައްކަތަށް ސައުގުވެރިކަން ހުރިފަރާތްތަކުން ރިކުއެސްޓް ފޯރ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް 27 މާރޗް ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހުށައެޅުމަށް އެދޭ ކަމަށެވެ. ރިކުއެސްޓް ފޯ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ބުނެއެވެ. […]

ސަރުކާރުގެ ޔުނިވާސިޓީތަކުގެ ލެޗްކަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކޮށްފި
Raajje

ސަރުކާރުގެ ޔުނިވާސިޓީތަކުގެ ލެޗްކަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކޮށްފި

ސަރުކާރުގެ ޔުނިވާސިޓީތަކުގެ ލެޗްކަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކޮށްފައިވާ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު އިއުލާން ކުރައްވައިފި އެވެ. ސަރުކާރުގެ ޔުނިވާސިޓީތަކާއި މަތީތަޢުލީމުގޭ މުއައްސަސާތަކުގެ މުސާރައަށް ގެންނެވި ބަދަލު ރައީސް ޞާލިޙް ޢިއުލާން ކުރެއްވީ، ކޮޅުމަޑުލު ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު މެންދުރުފަހު، ހިރިލަންދޫ ސްކޫލުގައި ބޭއްވި މި ޖަލްސާގައި ރައީސް ވަނީ، މާރިޗު 1 ވަނ...