ސައުދީ އަރަބިއާ އިން ރާއްޖެއަށް 300 އަށްވުރެ ގިނަ ސްކޮލާޝިޕް ދީފިއެވެ.

ރާއްޖޭގެ މަތީ ތައުލީމާއި ބެހޭ ވުޒާރާ އިން ވިދާޅުވީ ސައުދި އަރަބިއާ ގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ރާއްޖެ އަށް 300 އަށް ވުރެ ގިނަ ސްކޮލާޝިޕް ފުރުސަތު ދީ، ކުރިމަތިލާން ހުޅުވާލާފައިވާ ކަމަށެވެ.

Ad
d

މި ސްކޮލާޝިޕްތަކުގެ ތެރޭގައި ކޮމްޕިއުޓާ ސައިންސް، އެގްރިކަލްޗާ، އެޑިއުކޭޝަނަލް ސްޕެޝަލިޓީޒް، އިސްލާމް އެންޑް އަރަބް ލޭންގްވޭޖް، އިންޖިނިއަރިން، އިކޮނެމި، ޕޮލިޓިކްސް، ލޯ، މީޑިއާ އަދި ބިޒްނަސް މެނޭޖްމަންޓް ފަދަ ދާއިރާތަކުގެ ކޯސްތައް ހިމެނޭ ކަމަށް އެ ވުޒާރާ އިން ވިދާޅުވެއެވެ.

މި ސްކޮލާޝިޕް ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެދިވަޑައިގެންފައިވާއިރު، ކޯހަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްތޯ ބެލުމަށް ވެސް ވަނީ އެދިލައްވާފައެވެ.

މީގެ އިތުރުން ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް އެދިލައްވާފައި ވެއެވެ.

Ad
df

އެ ވުޒާރާ އިން ވިދާޅުވި ޕްރޮޕެޝަނަލް ނުވަތަ ލައިސެންސިން ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގެގައި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް އެދޭ ކަމަށެވެ.