މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

85 Stories filed
ރައީސް، ''މަތީ އަރުތަވެރިންގެ އިނާމު'' ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފި
Raajje

ރައީސް، ''މަތީ އަރުތަވެރިންގެ އިނާމު'' ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފި

ވޭތުވެދިޔަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިހާނުތަކުން މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި “މަތީ އަރުތަވެރިންގެ އިނާމު 2025” ގެ ފަސްވަނަ ދަންފަޅި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ހުޅުމާލޭ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން އޮނަރ ގާޑެއް ވަނީ އަރުވާފައެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގެ ތެރެއިން ދަރިވަރ...

ޓެކްނިކަލް ދާއިރާތަކުން ކިޔަވަން އެއްވެސް ލިމިޓެއް ނެތި ލޯނު ދޫކުރަނީ
Raajje

ޓެކްނިކަލް ދާއިރާތަކުން ކިޔަވަން އެއްވެސް ލިމިޓެއް ނެތި ލޯނު ދޫކުރަނީ

ޤައުމަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް، އެއްވެސް ލިމިޓެއް ނެތި ލޯނުގެ ފުރުސަތު ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ. މިކަން އިޢުލާނު ކުރެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރުއެވެ. މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ކޮންމެ އަހަރަކު ދޫކުރާ ލޯނުގެ މަދުވެގެން 50 އިންސައްތައަކީ ޓެކްނިކަލް...

ރައީސްގެ ސްކޮލަޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭނެ، ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް 6000ރ.ގެ އެލަވަންސެއް
Raajje

ރައީސްގެ ސްކޮލަޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭނެ، ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް 6000ރ.ގެ އެލަވަންސެއް

މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްގައި، ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭގޮތަށް އުސޫލު ބަދަލުކޮށް އިއްޔެ ގެޒެޓްކޮށްފިއެވެ. ކުރިން މި ސްކޮލަރޝިޕް ލިބެނީ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ވަކި ދާއިރާތަކަކުން ނެވެ. ނަމަވެސް، އަލަށް ގެޒެޓްކުރި އުސޫލާއެކު ދަރިވަރުން ބޭނުންވާ ކޮންމެ ރޮނގަކުންވެސް މަތީ ތަޢުލީމު ހާސިލުކުރުމުގެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ. ހައި އެޗީވަރސް ސ...

ސްޓޫޑެންޓް ލޯން އެޕްލިކޭޝަން ހުށައެޅުމުގެ ސުންގަޑި އުވާލަނީ
Raajje

ސްޓޫޑެންޓް ލޯން އެޕްލިކޭޝަން ހުށައެޅުމުގެ ސުންގަޑި އުވާލަނީ

މަތީ ތަޢުލީމަށް ސަރުކާރުން ދެމުން އަންނަ ސްޓޫޑެންޓް ލޯނަށް އެޕްލިކޭޝަން ހުށައެޅުމުގެ ސުންގަޑި އުވާލަން ނިންމައި، މުޅި އަހަރު ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ހުށައެޅޭ ގޮތަށް ހަދަން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަތީ ތައުލީމާ ބެހޭ ވަޒީރު، ޑރ. އަލީ ހައިދަރު ވިދާޅުވީ، މި ބަދަލު ގެންނަނީ މި އަހަރު އިއުލާން ކުރާ ސްޓޫޑެންޓް ލޯން ސްކީމާއެކުގައެވެ. ޑރ. ހައިދަރު ވިދ...

މެދުއިރުމަތީގެ ގައުމުތަކުގައި ތިބި ދަރިވަރުންގެ ހާލަތު ގާތުން ދަނީ ބަލަމުން
Raajje

މެދުއިރުމަތީގެ ގައުމުތަކުގައި ތިބި ދަރިވަރުންގެ ހާލަތު ގާތުން ދަނީ ބަލަމުން

މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންގެ ހާލަތު ގާތުން ބަލަމުންދާކަމަށާއި ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެންހުރި ހުރިހައި ފިޔަވަޅުތަކެއް އަޅާނެކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ބުނެފި އެވެ. ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭން ބޭރުގައި ތިބި ދިވެހި ދަރިވަރުންގެ ހާލުބަލައި، އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި...

މެދުއިރުމަތީގެ މަޝްރަހާ ގުޅިގެން ޢުމްރާވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި
International

މެދުއިރުމަތީގެ މަޝްރަހާ ގުޅިގެން ޢުމްރާވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކާއި މިހާރު މައްކާގައި ތިބި ދިވެހި ޢުމްރާވެރިން ދަތުރުފަތުރުގެ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ސަޢުދީ ޢަރަބިއްޔާގައި ތިބި ދިވެހި ޢުމްރާވެރިންގެ ހާލަތު އެ ވުޒާރާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ޢުމްރާވެރިންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ޚާއްޞަ ހޮޓް...

އަހަރެއް ތެރޭ ނިންމާގޮތަށް ފުނަދޫ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފި
Thiladhunmathi News

އަހަރެއް ތެރޭ ނިންމާގޮތަށް ފުނަދޫ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފި

މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ދަށުން ށ. ފުނަދޫ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފިއެވެ. 17,500 އަކަފޫޓުގެ ބިމެއްގައި ދެ ފަންގިފިލައަށް ފުރިހަމަ ވަޞީލަތްތަކާއެކު ޤާއިމް ކުރާ މި ސެންޓަރުގައި ތަފާތު ދާއިރާތަކުން އަމަލީ ތަމްރީނު ދިނުމަށް މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން، ތަފާތު ކްލާސް ރޫމްތަކާއި، ފަހުގެ ވަސީލަތްތަކާއެކު އައި.ސީ.ޓީ ލެބޯޓަރީއެއް ހުރެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި، ސްޓާފް ރޫމަކާއި، ދަރި...

ބޭރުގެ 7 ބަހެއް ދަސްކޮށްދޭ ކޯސްތައް ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރަން ހުޅުވާލައިފި
Raajje

ބޭރުގެ 7 ބަހެއް ދަސްކޮށްދޭ ކޯސްތައް ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރަން ހުޅުވާލައިފި

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ “ފޮރިން ލެންގުއޭޖް ކޮމިއުނިކޭޝަން ސްކިލްސް ޕްރޮގްރާމް” ގެ ދަށުން ބޭރު ބަސްބަހުގެ ކޯސްތައް ހިންގައިދޭނެ ފަރާތްތައް ހޯދުމަށް އިޢުލާންކޮށްފިއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އެ ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ތަމްރީނުތަކެކެވެ. ޕްރޮގްރާމްގެ މަޤްޞަދާއި އަމާޒު މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަ...

15 އަހަރު ވުމުން ޔުނިވަރސިޓީއަކަށް ބަދަލުވެވޭ ބިލު ތަޞްދީޤުކުރައްވައިފި
Raajje

15 އަހަރު ވުމުން ޔުނިވަރސިޓީއަކަށް ބަދަލުވެވޭ ބިލު ތަޞްދީޤުކުރައްވައިފި

ރާއްޖޭގައި ކޮލެޖުތަކަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބުމަށް ހިނގާ މުއްދަތު ކުރުކޮށް، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ. މިއީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލު ފާސްކޮށްފައި ވަނީ 05 ނޮވެންބަރު 2025 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ […]

ރާއްޖޭގެ ދަރިވަރުންނަށް ސައުތު ކޮރެއާގައި މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު
Raajje

ރާއްޖޭގެ ދަރިވަރުންނަށް ސައުތު ކޮރެއާގައި މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު

ރާއްޖޭގެ ދަރިވަރުންނަށް ސައުތު ކޮރެއާގައި މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ކޮރެއާ އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ (ކޮއިކާ) ސްކޮލަރޝިޕް ފެލޯޝިޕް ޕްރޮގްރާމް 2026 ގެ ދަށުންނެވެ. މިކަން ހާމަކުރައްވާފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އިއްޔެ ކުރި ޢިއުލާނުގައި ބުނެފައިވާ ގޮތުން، ދިވެހި ދަރިވަރުންނަށް ކޮރެއާގެ ފަސް ޔުނިވަރސިޓީއަކުން މާސްޓަރސްގެ ފަސް ޕްރޮގްރާމަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅު...

ހިތާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި
Raajje

ހިތާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި

ބ. ހިތާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ޙަމްދާން ޝަކީލްއެވެ. ހިތާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރ...

ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް އާންމުކޮށްފި
Raajje

ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް އާންމުކޮށްފި

މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް މިއަދު އާންމުކޮށްފިއެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މި ލިސްޓް އާންމުކުރުމާއެކު ޝަކުވާ އަށް ވެސް ވަނީ ހުޅުވާލާފައެވެ. މިގޮތުން މި ލިސްޓާމެދު ޝަކުވާއެއް އޮތްނަމަ އަންނަ އޯގަސްޓް މަހުގެ 3 ވަނަ ދުވަހު 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހަޅަން އެ މިނިސްޓްރީން ވަނީ ފުރުސަތު ދީފައެވެ. މިއަހަރު ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 500 ފުރުޞަތަށް ޖުމްލަ 1338 […]

އަޔަލެންޑް ފެލޯޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް
International

އަޔަލެންޑް ފެލޯޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް

އަޔަލެންޑް ސަރުކާރުން ކުރިއަށް ގެންދާ “އަޔަލެންޑް ފެލޯސް ޕްރޮގްރާމް 2026/2027” ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ. މި ފެލޯޝިޕް ޕްރޮގްރާމަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އައިރިޝް މަތީ ތަޢުލީމީ މަރުކަޒުތަކުގައި މާސްޓަރސް ފެންވަރުގެ ފުލްޓައިމް ކޯސްތައް ފުރިހަމަކުރުމުގެ ފުރުސަތު ހޯދައިދޭ ޕްރޮގްރާމެކެވެ. މަތީ ތައުލީމާބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން ކޯހަށް ހޮވޭ ފަރާތްތަކުން، ކޯސް ފެށުމުގެ ކުރިން މޯލްޑިވްސް ކޮލ...

މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ޓެކްސް ފައިސާ ހަމަޖައްސައިދެނީ
Raajje

މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ޓެކްސް ފައިސާ ހަމަޖައްސައިދެނީ

މެލޭޝިއާގައި ކިޔަވާ ކުދިން ދައްކަންޖެހޭ ޓެކްސް ފައިސާ ހަމަޖައްސައިދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ. ހަޔަރ އެޑިޔުކޭޝަނުން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މެލޭޝިއާގައި ކިޔަވާ ކުދިންނާއި އެހެން ގައުމުތަކުގައި ކިޔަވަމުންދާ ކުދިންނަށް ވެސް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދަނީ ފޮނުވަމުންކަމަށެވެ. މީގެ އިތުރުން މެލޭޝިއާގައި ކިޔަވާ އިންޓަރނޭޝަނަލް ދަރިވަރުންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ ބޮޑު ކޯސް ފީ އެއް ދައްކަން ޖެހޭ ކ...

އަޒްހަރު ޔުނިވަރސިޓީގެ 22 ސްކޮލަރޝިޕަށް ފުރުސަތު ހުޅުވާލައިފި
Raajje

އަޒްހަރު ޔުނިވަރސިޓީގެ 22 ސްކޮލަރޝިޕަށް ފުރުސަތު ހުޅުވާލައިފި

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގައި ކިޔެވުމަށް 22 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި ހިމެނެނީ ޝަރީޢާ ދާއިރާއިން 5 ސްކޮލަރޝިޕާއި ސައިންޓިފިކް އަދި ތިއަރެޓިކަލް ދާއިރާއިން 17 ސްކޮލަރޝިޕެވެ. މި ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނީ ޝަހާދާ ޘާނަވިއްޔާއިން ފާސްވެފައިވާ ފަރާތްތަކަށެވެ. އަދި ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތުތަކެއް ބަޔާންކޮށްފައިވާނަމަ، އެ ޝަރުތުތައްވެސް ފުރިހަމަވާންޖެހޭނެއެވެ. މި...