މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

85 Stories filed
ކުޅުދުއްފުށީގައި ނެޝަނަލް ކެރިއަރ ސަރވިސް ރީޖަނަލް ސެންޓަރެއް ހުޅުވަައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ނެޝަނަލް ކެރިއަރ ސަރވިސް ރީޖަނަލް ސެންޓަރެއް ހުޅުވަައިފި

ކުޅުދުއްފުށި ސިޓީގައި އަލަށް ޤާއިމްކުރެވުނު ނޭޝަނަލް ކެރިއަރ ސަރވިސް ރީޖަނަލް ސެންޓަރ ރަސްމީކޮށް ހުޅުވައިފިއެވެ. އެގޮތުން މި ސެންޓަރ ހުޅުވުމަށްޓަކައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު، ޑރ ޢަލީ ޙައިދަރު އަޙްމަދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީއަށް ވަނީ ވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ އަބްދުالله ނަޒީރު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.  ކުޅުދުއްފުށީ ސިޓީގައި ނޭޝަނަލް ކެ...

ކުޅުދުއްފުށީގައި ޓިވެޓް ސެންޓަރަކާއި ދަނާލެއް އަޅަން ހަވާލުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގައި ޓިވެޓް ސެންޓަރަކާއި ދަނާލެއް އަޅަން ހަވާލުކޮށްފި

ކުޅުދުއްފުށީ ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް (ޓިވެޓް) ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް އިމާރާތް ކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި އިއްޔެ ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީގައި ޓިވެޓް ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް އެޅުމުގެ އިތުރުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އިއްޔެ ވަނީ ރ. ދުވާފަރުގައިވެސް ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ގާޢިމުކުރުމަށ...

ދިއްދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ނިންމާ އަންނަ އަހަރު ކިޔަވައިދޭން ފަށަނީ
Raajje

ދިއްދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ނިންމާ އަންނަ އަހަރު ކިޔަވައިދޭން ފަށަނީ

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އަމަލީ މަސައްކަތް ފަށައިގެން ނިމުމަކާއި ގާތަށް ގޮސްފައިވާ ޖޫނިއަރ ކޮލެޖްގެ މަސައްކަތް ނިމި އަންނަ އަހަރު ކިޔަވައި ދޭން ފެށުމަކީ އުންމީދެއް ކަމުގައި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ބުނީ ދިއްދޫ ޖޫނިއަރ ކޮލެޖްގެ އިތުރުން ނ.ވެލިދޫގައި ގާއިމްކުރާ ޖޫނިއަރ ކޮލެޖް ވެސް ނިންމައި އަންނަ އަހަރު ކިޔަވައިދޭން ފެށުމަކީ އުންމީދެއް ކަމަށެވެ. އެމްޓީސީސީއާއި ހަވާލުކޮށްގެން މި ދެމަސައްކަތް ކުރިއަށް...

ޖަޕާނުން ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމަށް އުނގެނުމުގެ ފުރުސަތު
Raajje

ޖަޕާނުން ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމަށް އުނގެނުމުގެ ފުރުސަތު

ޖަޕާން އިންޓަރނޭޝަނަލް ކޯޕްރޭޝަން އޭޖެންސީ (ޖައިކާ)ގެ އެގްރިކަލްޗަރ ސްޓަޑީޒް ނެޓްވޯކް ފޮރ ފުޑް އެންޑް ސެކުރިޓީ 2025ގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނުން މަތީ ތައުލީމަށް ކިޔެވުމުގެ ސްކޮލަރޝިޕް ފުރުސަތުތަކެއް ހުޅުވާލައިފިއެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލި މި ފުރުސަތަކީ، ދަނޑުވެރިކަމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ހާޞިލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތެކެވެ. މި ސްކޮލަޝިޕްގެ ދަށުން މާސްޓަރސް ކޯހ...

މެލޭޝިޔާއިން ދިވެހި 561 ދަރިވަރަކަށް މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު
Raajje

މެލޭޝިޔާއިން ދިވެހި 561 ދަރިވަރަކަށް މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު

ދިވެހިރާއްޖެއާއި މެލޭޝިޔާ ގުޅިގެން މަތީ ތަޢުލީމު ކުރިއެރުވުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮއްފިއެވެ. މި އެއްބަސްވުމުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމުގެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މަރިޔަމް މާރިޔާއެވެ. މި އެއްބަސްވުމުގައި މެލޭޝިޔާގެ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް)ގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ސީއީއޯ، މރ. ނޯވީ ތާޖުއްދީން އެވެ. ދިވެހިރާއްޖޭގެ މަތީ ތައުލީމާބެހޭ ވުޒާރާއިން ބުނިގޮތުގ...

ކުރީގެ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ހުޅުވާލައިފި
Raajje

ކުރީގެ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ހުޅުވާލައިފި

ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމުގެ ވުޒާރާއިން ކުރި ޢިއުލާނެއް މެދުވެރިކޮށް މި ފުރުސަތު ހުޅުވާލިކަން މިހާރު ވަނީ ޢިއުލާންކޮށްފައެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމުގެ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި ދަފްތަރަކީ ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ...

މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް ޕްރޮގްރާމްތައް ހިންގަން އެއްބަސްވުމެއް
Raajje

މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް ޕްރޮގްރާމްތައް ހިންގަން އެއްބަސްވުމެއް

އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮއްފިއެވެ. މި އެއްބަސްވުމަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި، މޯލްޑިވިސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ) ގުޅިގެން މި ޕްރޮގްރާމްތައް ހިންގުމަށް ވެފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ...

އަމާޒަކީ މުޅި ރާއްޖޭގައި ޓެކްނޮލޮޖީން ގުޅި ލާމެހިފައިވާ ތައުލީމެއް ފޯރުކޮށްދިނުން: މާރިޔާ
Raajje

އަމާޒަކީ މުޅި ރާއްޖޭގައި ޓެކްނޮލޮޖީން ގުޅި ލާމެހިފައިވާ ތައުލީމެއް ފޯރުކޮށްދިނުން: މާރިޔާ

އަމާޒަކީ ދިވެހިރާއްޖޭގެ ރަށްތަކަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅި ލާމެހިފައިވާ ތަޢުލީމީ ތަނަކަށް ހެދުންކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއަށްދާ “ގްލޯބަލް އެޑިޔުކޭޝަން ކޮންފެރެންސް 2024” ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކާގައެވެ. އެ ރަސްމިއްުޔާތުގައި ވަޒީރު މާރިޔާ ވިދާޅުވީ، ދިވެހި ސަރުކާރުގެ އަމާޒަކީ ޓެކްނޮލޮޖީގެ ވަސީލަތްތަށް މެދުވެރިކޮށް...

މަތީ ތަޢުލީމާބެހޭ ވުޒާރާގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު
Raajje

މަތީ ތަޢުލީމާބެހޭ ވުޒާރާގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ބުނީ އެ ވުޒާރާގެ ފަރާތުން ސާނަވީ އިމްތިޙާން (އޯ ލެވެލް) ނިންމާ ދަރިވަރުންނަށް ޙާއްސަކޮށް ދަރުމަވެރިންގެ ގޮތުގައި (ވޮލެންޓިއަރކޮށް) މަސައްކަތްކުރުމުގެ ފުރުސަތު ހުވާލައިފައިވާ ކަމަށެވެ. އެ ވުޒާރާގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތ...

''ކޮލެޖަކަށް 15 އަހަރުވުމުން ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އިއުތިރާޒެއްނެތް''
Parliament

''ކޮލެޖަކަށް 15 އަހަރުވުމުން ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އިއުތިރާޒެއްނެތް''

ކޮލެޖަކަށް 15 އަހަރުވުމުން ޔުނިވާސިޓީއަަކަށް ބަދަލުކުރުމަށް އިއުތިރާޟެއްނެތް ކަމަށާއި، އެކަމަކު އެތަން ވާންވާނީ 15 އަހަރުގެ ތެރޭގައި ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދީފައިވާ ތަނަކަށްކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ. މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ވަނީ ރައްޔިތުންގެ މަޖިލީހަށް ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ހުށަހަޅުއްވާފައެވެ. އެ ބިލު މިހާރު...

ރާއްޖޭގައި އަރަބި ބަަަސް ކިޔަވައިދޭ މަރުކަޒެއް ގާއިމުކުރަން ޝައުގުވެރިކަންފާޅުކޮށްފި
Raajje

ރާއްޖޭގައި އަރަބި ބަަަސް ކިޔަވައިދޭ މަރުކަޒެއް ގާއިމުކުރަން ޝައުގުވެރިކަންފާޅުކޮށްފި

ދިވެހިރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުމަށް މަރުކަޒެއް އަޅަން ސައޫދީ އަރަބިއްޔާގެ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީއިން ޝައުގުވެރިކަންފާޅުކޮށްފިއެވެ. މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ބުނީ، ޢަރަބި ބަސް ކިޔަވައިދިނުމަށް ރާއްޖޭގައި “އަރަބިކް ލޭންގްއޭޖް އިންސްޓިޓީއުޓް” ގެ ނަމުގައި މަރުކަޒެއް ގާއިމް ކުރުމާއި ގުޅޭގޮތުން އެ ވުޒާރާއާއި ސައޫދީގެ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީ އާއި ދެމެދު މަޝްވަރާކޮށްފައިވާ...

ރައީސް ދެއްވާ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް 136 ދަރިވަރަކަށް
Raajje

ރައީސް ދެއްވާ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް 136 ދަރިވަރަކަށް

ރައީސް ދެއްވާ ސްކޮލާޝިޕާއި، ސަރުކާރުންދޭ ހައި އެޗީވާސް ސްކޮލާޝިޕް 136 ދަރިވަރަކަށް ދީފިއެވެ. މަތީ ސާނަވީ އިމްތިހާނުތަކުގެ 5 މާއްދާއިން އެންމެ މަތީ ގްރޭޑް ހޯދައިގެން މި ސްކޮލާޝިޕްތައް ހާސިލްކުރި ދަރިވަރުންނަށް ސްކޮލާޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކުރުމަށް ރޭ ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. ހުޅުމާލޭ ރެހެންދި ސްކޫލްގައި އޮތް މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި ރައީސްގެ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބުނީ 19 ދަރިވަރަކަށެވެ. އޭގެ އިތުރ...

އިންޑޮނޭޝިއާއިން މަތީ ތައުލީމު ހާސިލްކުރުމަށް ސްކޮލާޝިޕްގެ ފުރުސަތު
News

އިންޑޮނޭޝިއާއިން މަތީ ތައުލީމު ހާސިލްކުރުމަށް ސްކޮލާޝިޕްގެ ފުރުސަތު

އިންޑޮނޭޝިއާއިން މަތީ ތައުލީމު ހާސިލްކުރުމަށް ދިވެހިންނަށް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސްކޮލާޝިޕްތަކަށް ހުޅުވާލާފައިވާކަން ހާމަކޮށް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ މިއީ އިންޑޮނޭޝިއާގެ އެކި ޔުނިވާސިޓީ ތަކުގައި ޑިވެލޮޕިންގ ކަންޓްރީޒް ޕާޓްނާޝިޕް ސްކޮލާޝިޕް (ކޭ.އެން.ބީ ސްކޮލާޝިޕް) ގެ ދަށުން ހުޅުވާލާފައިވާ ފުރުޞަތެއް ކަމަށެވެ. މި ފުރުސަތުގެ ދަށުން އިންޑޮނޭޝިއާގެ އެކި ޔުނިވާސިޓީ ތަކުން ބެޗެލާސް، މާސްޓާސް، އަދ...

ވަޒީރު މާރިޔާ ކުޅުދުއްފުށީ ކަނބުރުގެއަށާއި ރަށްވެހި އާސާރަށް ޒިޔާރަތްކުރައްވައިފި
Raajje

ވަޒީރު މާރިޔާ ކުޅުދުއްފުށީ ކަނބުރުގެއަށާއި ރަށްވެހި އާސާރަށް ޒިޔާރަތްކުރައްވައިފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މަރިޔަމް މާރިޔާ، ކުޅުދުއްފުށީ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އެރަށުގައި ހުންނަ ކަނބުރުގެއަށާއި ރަށްވެހި އާސާރަށް ޒިޔާރަތް ކުރައްވައި ރަށުގެ ބައެއް މުއައްސަސާތަކާއި ބައްދަލުކުރައްވައި، ވަޒީރުގެ ދާއިރާއާއިގުޅޭ މަސައްކަތްތަކާބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މިގޮތުން ވަޒީރު ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި، އެ ސިޓީގައި މިހާރު ދަރިވަރުންނަށް ލިބެން ހުރި އަދި އިތުރަށް...

ވަޒީރު މާރިޔާ، ދިއްދޫގައި އަޅާ ޓެކްނިކަލް އިންސްޓިޓިއުޓް މަސައްކަތް ބައްލަވައިލައްވައިފި
Raajje

ވަޒީރު މާރިޔާ، ދިއްދޫގައި އަޅާ ޓެކްނިކަލް އިންސްޓިޓިއުޓް މަސައްކަތް ބައްލަވައިލައްވައިފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މަރިޔަމް މާރިޔާ، ހއ. ދިއްދޫގައި އަޅަމުން އަންނަ ޓެކްނިކަލް އިންސްޓިޓިއުޓް މަސައްކަތް ހިނގަމުންދާގޮތް ބައްލަވައިލައްވައިފިއެވެ. ކުރީ ސަރުކާރުގައި ޖޫނިއާ ކޮލެޖެއްގެ ނަމުގައި އަޅަންފެށި މިތަން ވަޒީރު މާރިއާ ބައްލަވައިލެއްވީ އެކަމަނާ މިހާރު ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. މިތަން އަޅަން 12 މެއި 2022 ގައި ހަވާލުކޮށްފައި ވަނީ، 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ވީ އަވަ...