މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މަރިޔަމް މާރިޔާ، ހއ. ދިއްދޫގައި އަޅަމުން އަންނަ ޓެކްނިކަލް އިންސްޓިޓިއުޓް މަސައްކަތް ހިނގަމުންދާގޮތް ބައްލަވައިލައްވައިފިއެވެ.
ކުރީ ސަރުކާރުގައި ޖޫނިއާ ކޮލެޖެއްގެ ނަމުގައި އަޅަންފެށި މިތަން ވަޒީރު މާރިއާ ބައްލަވައިލެއްވީ އެކަމަނާ މިހާރު ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.
މިތަން އަޅަން 12 މެއި 2022 ގައި ހަވާލުކޮށްފައި ވަނީ، 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.
މި މަޝްރޫއަކީ، އެއިރުގެ މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، އެ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން ދިއްދޫގައި ހިންގަން ނިންމި މަޝްރޫޢުއެކެވެ. މިއީ އެ ސަރަހައްދުގައި އެޅޭ އެންމެ ބޮޑު ތައުލީމާ ގުޅޭ މަރުކަޒެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުގެ ޓީމުން ހއ.ދިއްދޫގައި ތަރައްޤީކުރަމުންދާ ޓެކްނިކަލް އިންސްޓިޓިއުގެ ޕްރޮޖެކްޓް ސައިޓަށް ވަޑައިގެން ޕްރޮޖެކްޓްގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވައިފި. pic.twitter.com/KPuDLBck6k
— Min. of Higher Edu, Labour and Skills Development (@MoHEmv) January 17, 2024
30،000 އަކަފޫޓްގެ ޖާގައިގައިގާ އަޅާ މިތަނުގައި މި މަޝްރޫޢޫގެ ހުރިހާ ފޭސްއެއް ނިމޭއިރު އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެ އެވެ.
މި ތަނުގައި ފުޑް ޕްރޮސެސިންގ ލެބަކާއި، ފުޑް ޓެސްޓިންގ ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެ އެވެ.
މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު އަސާސީ ޚިދުމަތްތައް (ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓް ފަދަ ކަންކަން) ވެސް ހިމަނާފައިވެއެވެ.
މިތަނުގެ ވަޒީފާތަކަށް މީހުން ހޯދަން ވެސް މިދިޔަ ސަރުކާރުގައި (21 މެއި 2023)ގައި ހުޅުވާލިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މަރިޔަމް މާރިޔާ ވަނީ ދިއްދޫގެ އިތުރުން ކުޅުދުއްފުށީ ސިޓީ އަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!