ކުޅުދުއްފުށި ސިޓީގައި އަލަށް ޤާއިމްކުރެވުނު ނޭޝަނަލް ކެރިއަރ ސަރވިސް ރީޖަނަލް ސެންޓަރ ރަސްމީކޮށް ހުޅުވައިފިއެވެ.

އެގޮތުން މި ސެންޓަރ ހުޅުވުމަށްޓަކައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު، ޑރ ޢަލީ ޙައިދަރު އަޙްމަދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ކުޅުދުއްފުށި ސިޓީއަށް ވަނީ ވަޑައިގަންނަވައިފިއެވެ.

Ad
rt

މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ އަބްދުالله ނަޒީރު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ކުޅުދުއްފުށީ ސިޓީގައި ނޭޝަނަލް ކެރިއަރ ސަރވިސް ގެ ގޮފި ރަސްމީކޮށް ހުޅުވުމުގެ ގޮތުން ވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މުއައްސަސާތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ވުޒާރާއިން މަސައްކަތްކުރަމުންދަނީ އަތޮޅުތެރޭގައި ކައުންސެލިންނާއި މަތީ ތައުލީމުގައި ހުރި ފުރުސަތުތައް ދަރިވަރުންނަށް ފޯރުކޮށްދެވެނޭ ލުއި ގޮތެއް ހޯދުމަށެވެ.

އެހެންކަމުން ކުޅުދުއްފުށި ސިޓީގައި ފެންވަރުގައި މިފަދަ ސެންޓަރެއް ހުޅުވިގެން ދިއުމަކީ ދަރިވަރުންނަށް ކެރިއަރ ގައިޑެންސްގެ ޚިދުމަތްތައް ލިބުމަށް ފަހިވާނެ އިތުރު ބޮޅެއް ކަމަށް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ވަޒީރު ކުޅުދުއްފުއްޓަށް މި ކުރައްވާ ދަތުރުފުޅުގައި ސިޓީގައި މަތީ ތަޢުލީމާއި ތަމްރީނު ދިނުމަށް ޤާއިމްކުރާ ޓިވެޓް ސެންޓަރުގައި ރަސްމީކޮށް ބިންގާ އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.