އެމްޑީޕީގެ ކެންޑިޑޭޓުން މަގުމަތިކޮށްފި: ސައީދު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން މަގުމަތިކޮށްފައިވާކަމަށާއި އެމްޑީޕީގެ މުޅި ފޯކަސް ހުރީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރަންކަމަށް އިގްތިސާދީ ތަރައްގީއާ ވިޔާފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ކޮންްގްރެސް ޕާޓީގެ ފަރާތުން ނ.ވެލިދޫގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ އެމްޑީޕީގެ ވެރިން އިސްނަގައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން...