މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިސްޓަރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

32 Stories filed
ހިރިމަރަދޫ މީހުން ބަދަލުކުރުމާއި ގުޅޭގޮތުން ހަނިމާދޫގައި ބޭއްވުނު މަޝްވަރާތައް ވަރަށް ކާމިޔާބު: ވަޒީރު
Thiladhunmathi News

ހިރިމަރަދޫ މީހުން ބަދަލުކުރުމާއި ގުޅޭގޮތުން ހަނިމާދޫގައި ބޭއްވުނު މަޝްވަރާތައް ވަރަށް ކާމިޔާބު: ވަޒީރު

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމާއި ގުޅޭގޮތުން ހަނިމާދޫގައި ކުރިއަށް ގެންދެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު އިއްޔެ ވަނީ ހަނިމާދޫއަށް ވަޑައިގެން، ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންނާއި ބައްދަލުކުރައްވައި މަޝްވަރާކޮށްފައެވެ. އެ ބައްދަލުވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ...

ބޮޑުތިލަދުންމަތީގެ އާރުޓީއެލް ފެރީ ޓާމިނަލްތައް މިނިސްޓަރީއާއި ހަވާލުކޮށްފި
Thiladhunmathi News

ބޮޑުތިލަދުންމަތީގެ އާރުޓީއެލް ފެރީ ޓާމިނަލްތައް މިނިސްޓަރީއާއި ހަވާލުކޮށްފި

ބޮޑުތިލަދުންމަތީގެ ރަށްތަކުގައި ހަދާފައިވާ އާރުޓީއެލްގެ 21 ފެރީސްޓޮޕް/ފެރީ ޓާމިނަލް ކައުންސިލްތަކާއި ހަވާލުކުރުމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި ހަވާލުކޮށްފިއެވެ. މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްޓީސީސީއާއި، ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންހުތަކާއި ބެހޭ ވުޒާރާއާ ދެމެދުއެވެ. މި އެއްބަސްވުމުގެ ދަށުން، އާރްޓީއެލްގެ ޒޯން އެކެއްގައި ހިމެނޭ ހއ، ހދ އަދި ށ އަތޮ...

ރާއްޖޭގެ ''ހެޕިނަސް އިންޑެކްސް'' އިފްތިތާހްކޮށްފި
Raajje

ރާއްޖޭގެ ''ހެޕިނަސް އިންޑެކްސް'' އިފްތިތާހްކޮށްފި

ރާއްޖޭގައި އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހެދި ދިރާސާ، ”ހެޕިނެސް އިންޑެކްސް”، (އުފާވެރިކަމުގެ މިންގަނޑު) މިއަދު ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ. މިކަމަށްޓަކައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިންޑެކްސް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ހަވާލުކުރުމުން ރާއްޖ...

ކައުންސިލް އިދާރާގެ އާ އިމާރާތް އަޅާ 55 ރަށުގެ ތެރޭ ބޮޑުތިލަދުންމަތީގެ 16 ރަށެއް
Raajje

ކައުންސިލް އިދާރާގެ އާ އިމާރާތް އަޅާ 55 ރަށުގެ ތެރޭ ބޮޑުތިލަދުންމަތީގެ 16 ރަށެއް

55 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް އިއްޔެ ސަރުކާރުން މެލޭޝިއާގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި ބޮޑުތިލަދުންމަތީގެ 16 ރަށެއް ހިމެނިއްޖެއެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ދިވެހި ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، މެލޭޝިޔާގެ ހެކްސްޓަރ ގްލޯބަލް އާއެވެ. މި އެއްބަސްވުމުގެ ދަށުން ކައުންސިލް އިދާރާގެ އާ އިމާރާތް އަޅާ ރަށްތަކުގެ ލިސްޓް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު، އެކްސްގައި ކުރެއްވި...

55 ރަށެއްގެ ކައުންސިލް އާ އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް
Raajje

55 ރަށެއްގެ ކައުންސިލް އާ އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ރަށެއްގެ ކައުންސިލްގެ އިދާރާ ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ދިވެހި ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، މެލޭޝިޔާގެ ހެކްސްޓަރ ގްލޯބަލް އާއެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާ އެވެ. ކޮންޓްރެކްޓަރގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޝަރީފްއެވެ. ކައުންސިލް އި...

މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިފި
Thiladhunmathi News

މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިފި

ހއ. މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިއެވެ. ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މުރައިދޫ ކުޑަކުދިންގެޕާކާއި ބޮނބިފަންނު ބީޗު ރަސްމީކޮށް ހުޅުވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރެވެ. މުރައިދޫ ކުޑަކުދިންގެ ޕާކަކީ، ހއ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު އެރަށު ރައްޔިތުން ތަރައްގީ ކުރި ޕާކެކެވެ. މި ކާޕް ތަރައްގީކުރުމަށް އަތޮޅު ކައުންސިލުން 1 ލައްކަ ރުފިޔާގެ މާލީ އެހީއެއް ދީފަވެއެވެ. މުރައިދޫ ކ...

މިއަދު ކޮންމެ ނިންމުމެއް ނިންމަނީ މާލޭންނެއް ނޫން: އާދަމް ޝަރީފް
Raajje

މިއަދު ކޮންމެ ނިންމުމެއް ނިންމަނީ މާލޭންނެއް ނޫން: އާދަމް ޝަރީފް

ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ބަސް އިއްވަން ކައުންސިލަރުންނަށް ފުރުސަތު އެބައޮތް ކަމަށާއި، މިއަދު ކޮންމެ ނިންމުމެއް ނިންމަނީ މާލޭންނެއް ނޫންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ކޮޅުމަޑުލު އިސްރަށްވެހިންގެ މަހާސިންތާ 2024 ހުޅުވައިދެއްވުމަށް ހުކުރު ދުވަހުގެ ރޭ ކޮޅުމަޑުލުގެ ވެރިރަށް ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ވ...

ފެހުރިހި ހިމާޔަތްކުރުމާއި ގުޅޭ ގައިޑްލައިނެއް ނެރެފި
Raajje

ފެހުރިހި ހިމާޔަތްކުރުމާއި ގުޅޭ ގައިޑްލައިނެއް ނެރެފި

ފެހުރިހި ހިމާޔާތް ކުރުމާއި އެތަކެތި އުޅޭ ސަރަހައްދުތައް ރައްކާތެރިކުރުމާއި ގުޅޭ ހާއްސަ ގައިޑްލައިނެއް ނެރެފިއެވެ. ކޮންމެ އަހަރެއްގެ ވެސް 30 އޯގަސްޓް އަކީ ބައިނަލް އަޤްވާމީ ފެހުރިހި ހިމާޔަތްކުރުމުގެ ދުވަހެވެ. ރާއްޖޭގައި މި ދުވަސް މި އަހަރު ފާހަގަކުރަމުން ގެންދަނީ އަރިއަތޮޅު އުތުރުބުރީ ދިގުރަށުގައެވެ. އެރަށުގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ފެހުރިހި ހިމާޔާތް ކުރުމާއި އެތަކެތި އުޅޭ ސަރަހައްދުތައް ރައްކާތެރިކުރުމާއި ގުޅޭ ހާއްސަ ގައިޑްލައިން ނެރެދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު...

ލާމަރުކަޒީ ނިޒާމަށް ގެންނަންފެންނަ ބަދަލުތައް ދެނެގަތުމުގެ ދިރާސާ އާންމުކޮށްފި
Raajje

ލާމަރުކަޒީ ނިޒާމަށް ގެންނަންފެންނަ ބަދަލުތައް ދެނެގަތުމުގެ ދިރާސާ އާންމުކޮށްފި

ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމަށް ގެންނަންފެންނަ ބަދަލުތައް ދެނެގަތުމަށް ހެދި ފުރަތަމަ ދިރާސާ މިއަދު އާންމުކޮށްފިއެވެ. މި ދިރާސާ ހަދާފައި ވަނީ ޤައުމީ ޔުނިވާސިޓ، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިންނެވެ. ލާމަރުކަޒީ ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތަކަކީ ކޮބައިކަން ދެނެގަތުމަށް ޓަކައި އެމްއެންޔޫއިން ހެދި މި ދިރާސާ މިއަދު އާންމުކޮށްފައި ވަނީ، އެ ދިރާސާ ހެދި ޓީމްގައި ހިމެނިވަޑައިގެންނަވައި 8 ބޭފުޅުންގެ ޕްރެޒެންޓޭޝަނާ އެކުގައެވެ. މި ދިރާސާ ހަދާފައި ވަނީ އެމްއެންޔޫގެ ފަރާތުން ރާއްޖޭގެ ކަ...

ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅައިފި
Raajje

ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ލޯކަލް ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ކައުންސިލްތަކަށް ލިބޭގޮތަށް ސަރުކާރުން އުސޫލެއް ހަމަޖައްސާފައިވާއިރު، ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅައިފިއެވެ. މާލޭސިޓީގެ ކައުންސިލަރުން ހުވާކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ރައީސް މުޢިއްޒުގެ ރ...

ރާއްޖޭގައި އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހަދާ ދިރާސާގެ މަސައްކަތް ފަށައިފި
Raajje

ރާއްޖޭގައި އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހަދާ ދިރާސާގެ މަސައްކަތް ފަށައިފި

ރާއްޖޭގައި އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހަދާ ދިރާސާ، ”ހެޕިނެސް އިންޑެކްސް”، (އުފާވެރިކަމުގެ މިންގަނޑު) އެކުލަވާލުމުގެ މަސައްކަތް ޢަމަލީ މަސައްކަތް ފަށައިފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން، ”ހެޕިނެސް އިންޑެކްސް” ދިރާސާ އެކުލަވާލުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާއި އެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބުނީ އައިޔޫއެމްއިން އިއްޔެ އެ ދިރާ...

މާލޭ ސަރަހައްދުގައި އުޅޭ ކިނޮޅަހު ރައްޔިތުންނާ ކައުންސިލުން ބައްދަލުކުރުމަކީ ރީތި މަރުޙަލާއެއް: އާދަމް ޝަރީފް
Raajje

މާލޭ ސަރަހައްދުގައި އުޅޭ ކިނޮޅަހު ރައްޔިތުންނާ ކައުންސިލުން ބައްދަލުކުރުމަކީ ރީތި މަރުޙަލާއެއް: އާދަމް ޝަރީފް

ރ. ކިނޮޅަހު ކައުންސިލުން، މާލޭ ސަރަހައްދުގައި ދިރިއުޅޭ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަކީ އެކުގައި މަސައްކަތްކުރުމުގެ ރީތި މަރުޙަލާއެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ކިނޮޅަހު ކައުންސިލުން މާލޭ ސަރަހައްދުގައި ދިރިއުޅޭ އެރަށުގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މާލޭ އިމާދުއްދީން ސްކޫލްގައި ބޭއްވި މި ބައްދަލުވުމަކީ ކިނޮޅަހު ކައުންސިލްގެ ތަރައްގީގެ ޕ...

އީދު ފާހަގަކުރަންވާނީ އިސްލާމީ، އިޖުތިމާއީ އިމުގެތެރެއިންކަން ކައުންސިލްތަކަށް އަންގައިފި
Raajje

އީދު ފާހަގަކުރަންވާނީ އިސްލާމީ، އިޖުތިމާއީ އިމުގެތެރެއިންކަން ކައުންސިލްތަކަށް އަންގައިފި

މާދަމާ ފާހަގަކުރާ މިއަހަރުގެ އަޟްހާ ޢީދު (ބޮޑު އީދު) ފާހަގަކުރުމުގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފްނުވާގޮތުގެ މަތީން، އާންމު އިޖުތިމާއީ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކަށް ސަރުކާރުން އަންގައިފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި އަދި ސިޓީ ކައުންސިލްތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ވަނީ ބޮޑު އީދު ފާހަގަކުރާއިރު، އީދު ކުޅިވަރުތައް އިސްލާމްދީނާއި ދިވެހި...

ކައުންސިލް އާ އިމާރާތް 50 ރަށެއްގައި، ރަށްތައް ޢިއުލާންކޮށްފި
Raajje

ކައުންސިލް އާ އިމާރާތް 50 ރަށެއްގައި، ރަށްތައް ޢިއުލާންކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިދާރާތައް އަލުން އިމާރާތް ކުރުމަށް 50 ރަށެއް ކަނޑައަޅައި އެރަށްތަކުގެ ނަންތައް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ރަށްކުގެ ނަންތައް ޢިއުލާންކޮށްފައިވާއިރު، މިއީ އެންމެ ހާލަތު ދަށްކޮށް ހުރި ކައުންސިލް އިމާރާތްތައް އަލުން އިމާރާތްކުރުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުގެ ދަށުން އަލ...

ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލަނީ
Raajje

ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލަނީ

ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލަން ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމެވި ކަންތައްތަކާއިގުޅޭގޮތުން މިއަދު ހަވީރު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް އެވެ. ނާޒިމް ވިދާޅުވިގޮތުގައި، މިކަމާއިގުޅޭގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު...