ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ބަސް އިއްވަން ކައުންސިލަރުންނަށް ފުރުސަތު އެބައޮތް ކަމަށާއި، މިއަދު ކޮންމެ ނިންމުމެއް ނިންމަނީ މާލޭންނެއް ނޫންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ކޮޅުމަޑުލު އިސްރަށްވެހިންގެ މަހާސިންތާ 2024 ހުޅުވައިދެއްވުމަށް ހުކުރު ދުވަހުގެ ރޭ ކޮޅުމަޑުލުގެ ވެރިރަށް ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ރަނގަޅުކުރުމަށް ޓަކައި ކޮންމެ ސަރުކާރަކުން ވެސް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އަދި މި ނިޒާމު ފުރަތަމަ ތަޢާރަފުކުރެވުނު އިރުގައި ވެސް ނިޒާމުގައި ރަނގަޅުކުރަންޖެހޭ އެތައް ކަމެއް ހުރިކަން ވަޒީރު ވަނީ ފާހަގަކުރަށްވާފައެވެ.
ރައްޔިތުން ވޯޓުދީގެން، ރައްޔިތުންގެ ޙައްްޤުގައި ބަސްބުނަން ތިއްބެވި ބޭފުޅުންނަކީ ކައުންސިލަރުން ކަމަށް ވާތީ، ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރުމުގެ ފުރުޞަތާއި، ރައްޔިތުން ބޭނުންވާ ކަންތައްތައް ވިދާޅުވުމުގެ ފުރުޞަތު ކައުންސިލަރުން އެބަ އޮތް ކަމަށް ވަޒީރު ވަނީ ވިދާޅުފައެވެ. އަދި މިއަދު ކޮންމެ ނިންމުމެއް ނިންމަނީ މާލޭން ނޫން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ސަރުކާރުގެ ފަރާތުން ކުރާ ކޮންމެ ކަމެއް ކުރުމުގައި ރައްޔިތުންނާ ހަމައަށް އައިސްގެން އެ ކަމެއް ކުރާ ކަމަށް ވާނަމަ، އެ ކަމެއްގައި ރަށްރަށުގެ ކައުންސިލްގެ ދައުރު އޮންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެ ކަންކަމުގައި ކައުންސިލުގެ ހިއްސާ އިތުރުވާންޖެހޭ ކަމަށާއި، އަދި އިތުރު ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ކައުންސިލުތަކަށް އޮންނަ ހިއްސާއާ ދައުރު މިހާރަށް ވުރެ ވެސް ބޮޑުވުމަކީ، ދެކެން ބޭނުންވާ މަންޒަރާއި އަދި އުންމީދުކުރާ ދުވަސް ކަމަށް ވެސް ވަޒީރު އާދަމް ޝަރީފްގެ ވާހަކާގައި ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!