ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ރަށެއްގެ ކައުންސިލްގެ އިދާރާ ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ދިވެހި ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، މެލޭޝިޔާގެ ހެކްސްޓަރ ގްލޯބަލް އާއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާ އެވެ. ކޮންޓްރެކްޓަރގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޝަރީފްއެވެ.
ކައުންސިލް އިދާރާތައް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ @MMuizzu ޑރ މުޙައްމަދު މުައިއްޒުގެ ސަރުކާރުން ހިންގާ 2 މަޝްރޫޢުގައި ހިމެނޭ ރަށްތައް@MoCLPmv pic.twitter.com/9NV8CAmWX2
— Adam Shareef Umar (@Adamshareefz) January 20, 2025
މި 55 ކައުންސިލް އިދާރާގެ ތެރޭގައި ދެ ބުރިއަށް ޢިމާރާތްކުރާ 27 ކައުންސިލް އިދާރާ ހިމެނެއެވެ. ދެ ބުރިއަށް އިމާރާތްކުރާ ކައުންސިލް އިދާރާތައް، މަސައްކަތް ފަށާތާ 18 މަސް ދުވަހުގެތެރޭގައި އަދި އެއް ބުރީގެ ޢިމާރާތްތައް މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެތެރޭގައި ނިންމަންޖެހޭގޮތަށް އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުމާއި ގުޅިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް ބުނީ، މިއަދު ސޮއިކުރެވުނު މަޝްރޫޢުގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތް ފެށި، އެ ޢިމާރާތްތަކުގެ ފަސޭހަކަން ކައުންސިލުތަކަށް ކުރިއަށް އޮތް އަހަރުތެރޭ ލިބިގެންދާނެ ކަމަށް އުންމީދު ކުރާކަމަށެވެ.
މިއީ 36 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!