ހޮންކޮންގް އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފަށައިފި
ޗައިނާގެ އެއާލައިނެއް ކަމުގައިވާ ހޮންކޮންގް އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފަށައިފިއެވެ. ހޮންކޮންގް އެއާލައިންގެ ސީދާ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމާ ގުޅިގެން އެ އެއާލައިނުން ރާއްޖެއަށް އައި ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި އެއާލައިނުން ރާއްޖެ އައި ފަތުރުވެރިންނަށް ދިވެހި ސަގާފީ ބޮޑުބެރާއެކު، ރަތް ފިނިފެންމަލުގެ މަރުހަބާއެއް ކިއެވެ. މި އެއާލައިނުން މިފަހަރު ރާއްޖެ އައިސްފައިވަނީ 209 ފަތުރުވެރި...