މެލޭޝިއާގެ ބަޖެޓް އެއާލައިން، ބަޓިކް އެއާ އިން، އެ ގައުމުގެ ކުއަލަލަމްޕޫރާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.
އެ އެއާލައިނުގެ ފުރަތަމަ ބޯޓު ރާއްޖެ އައީ ހުކުރު ދުވަހުއެވެ. ވީއާއިއޭއިން އެ އެއާލައިނަށް ފެނުގެ ސެލިއުޓަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ފުރަތަމަ ފްލައިޓުގައި 121 ފަސިންޖަރުން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.
އެމްއޭސީއެލްއިން މައުލޫމާތުދޭގޮތުގައި ބަޓިކް އެއާއިން ކުއަލަލަމްޕޫރާއި މާލެއާ ދެމެދު ހަފުތާއަކު ތިން ދަތުރު ކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިން 737 މަރުކާގެ ބޯޓެވެ. މިއީ 180 މީހުންގެ ޖާގައިގެ ބޯޓުތަކެވެ.
މާލެއާ ކުއާލަލަމްޕޫރާ ދެމެދު ކުރާ ސީދާ ދަތުރުތައް ބަޓިކް އެއާއިން މިހާރު ފަށާފައިވާއިރު، އެ އެއާލައިނުން ވަނީ މިދިޔަ މަހުން ފެށިގެން ރާއްޖެއިން ސްރީލަންކާއަށް، އަދި ލަންކާއިން މެލޭޝިއާއަށް ޓްރާންސިޓް ދަތުރުތައްވެސް ފަށާފައެވެ.
ބަޓިކް އެއާއިން މެލޭޝިޔާ، ތައިލޭންޑް، އޮސްޓްރޭލިއާ ހިމެނޭހެން ފަންސާސް މަންޒިލަކަށް ދަތުރުކުރެެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!