ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތެރޭގައި އަޑުގަދަކުރަމުން ދިޔަ ފަތުރުުވެރިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އަންހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އެތެރޭގައި އެހެން މީހުންނަށް އުދަނގޫވާ ގޮތަށް އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުން ފަދަ ޢަމަލުތައް ހިންގާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

Ad
rt

އެކަމަކު މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ވިދާޅެއް ނުވެއެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެއީ ޗައިނާގެ މީހެކެވެ. އަދި އޭނާ އެގޮތަށް ޢަމަލުކޮށްފައި ވަނީ ވިސާގެ މައްސަލައެއް ޖެހިގެނެނެވެ.

މީގެ އިތުރުން އެ މީހާ ފުރޭނެ ގޮތް ޗައިނާ އެމްބަސީން ވެސް ހަމަޖައްސައިދިން ކަމަށް ބައެއް ނޫސްތަކުގައި ވަނީ ބުނެފައެވެ.