ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ސީޕްލޭން ޓާމިނަލް މިއަދު ހުޅުވައިފި އެވެ.

ނޫވިލު ސީޕްލޭން ޓާމިނަލް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޗެއާމަން އެމްޔޫ ހަސަން މަނިކާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޝިން އެވެ.

Ad
rt

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ބައިވެރިވެވަޑައިގެންނެވި އެވެ.

55 މިލިއަން ޑޮލަރުގެ މި މަޝަރޫއުގެ ދަށުން ތަރައްގީކުރި މި ޓާމިނަލްގައި 28،000 އަކަމީޓަރު ހުންނައިރު އެމްއާރުއޯ ފެސިލިޓީގައި 8،836 އަކަމީޓަރު ހުރެއެވެ. އަދި ވީވީއައިޕީ ބަައިގައި 100 އަކަމީޓަރު ހުރެއެވެ.

ޓާމިނަލްގައި 42 ލައުންޖު ހުންނައިރު، ދެ ލައުންޖު ފިޔަވާ ހުރިހާ ލައުންޖެއް ރިސޯޓުތަކަށް ކުއްޔަށް ދީފައިވާއިރު، އެމްއޭސީއެލްގެ "ވިލު" ބިޒްނަސް ލައުންޖުގައި 235 ސީޓު ހުރެއެވެ. އަދި އެމްއޭސީއެލް "ނީރު" ލައުންޖުގައި 315 ސީޓު ހުރެއެވެ.