ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ޕީޖީ އޮފީހާއި އޭސީސީއާ ދެމެދު ސޮއިކޮށްފި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އޭސީސީއާ ދެމެދު ގުޅިގެން މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސޮއިކުރެއްވީ ޕީޖީ ޙުސެއިން ޝަމީމެވެ. އޭސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލެވެ. މި ދެ މުއައްސަސާ ގެ ދެމެދުގައި އެހީތެރިކަން ބަދަލު ކުރުމަށް ވެވުނު މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ޒިންމާ...