ޚިޔާނާތުގެ ފައިސާ ދައުރުކުރި މޮންޓިލިއަންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރަނީ
އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލައިގައި ހިމެނޭ ކުންފުންޏެއް ކަމަށްވާ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ. މި މައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގު ކުރިއަށްގެންދިޔަ މައްސަލައެކެވެ. މި ތަހުގީގު ނިންމުމަށް ފަހު، އެ ކުންފުނީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަ...