ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ޕާސްޕޯޓު އިއްޔެ ހިފަހައްޓައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ވެސް ކުރަށްވާފައިވާ ޝަރީފްގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލަކާ ގުޅިގެންކަމަށް މައުލޫމާތު ލިބެއެވެ.

Ad
rt

ނަމަވެސް ޝަރީފް ޕާސްޕޯޓު ހިފަހައްޓާފައިވަނީ ސީދާ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އަދި ސާާފެއްނުވެއެވެ.

ޝަރީފް ޕާސްޕޯޓު ހިފަހައްޓާފައިވާކަން އޭސީސީން ވަނީ ބައެއް މީޑިއާތަކަށް ވެސް ކަށަވަރުކޮށްދީފައެވެ.

ނަމަވެސް ޝަރީފްގެ ޕާސްޕޯޓު ހިފެހެއްޓީ ސްޓެލްކޯއާ ގުޅުން ހުރި މައްސަލައެއްގައިކަމަށް އެނގިފަވެއެވެ.

ޝަރީފްގެ ޕާސްޕޯޓު ހިފެހެއްޓިއިރު، ކުރީގެ އެމްޑީޕީގެ ސަރުކާރުގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) ގެ ތެރޭގައި ހިންގި ކަމަށް ބުނާ ޚިޔާނާތުގެ މައްސަލަތަކުގެ ތަޙްޤީޤާ ގުޅިގެން ފުލުހުން، އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭ ތަނާއި، އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންއާ ގުޅުންހުރި ދެ ތަނެއް ވަނީ ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނުތަކެއް ވަނީ ސީޒްކޮށްފައެވެ.