އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅޭ މައްސަލަތަކުގެ އަދާހަމަ ކާކުކަން އެނގޭގޮތަށް އެ މައްސަލަ ހުށަހަޅާ ފަރާތްތަކަށް އޮޓޯމޭޓްޑް ނިޒާމެއްގެ ތެރެއިން ލިބޭނެ އިންތިޒާމް އެ ކޮމިޝަނުން މިއަދު ހަމަޖައްސައިފިއެވެ.
އޭސީސީން މިއަދު އިފްތިތާޙްކުރި މި ނިޒާމަށް ދީފައިވާ ނަމަކީ ''ލިބީގެ'' އެވެ.
އޭސީސީގެ "ލިބީގެ" އިފްތިތާޙު ކޮށްދެއްވީ މިކަމަށްޓަކައި އެ ކޮމިޝަނުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއެވެ.
"ލިބީގެ" އަކީ ކާކުކަން އެނގޭ ގޮތަށް ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުގައި، އެ މައްސަލަ ހުށަހަޅާ ފަރާތައް، ކޮމިޝަނުގެ ތެރޭގައި އެ މައްސަލަ ބަދަލުވަމުންދާ މަރުހަލާތައް އަންގައިދިނުމުގެ ކަންކަން އޮޓޮމޭޓުކޮށް ޑިޖިޓައިޒުކޮށް ތަޢާރަފުކުރެވުނު ފަންކްޝަނެކެވެ.
މި ނިޒާމުގެތެރެއިން، އޭސީސީއަށް މައްސަލަ ހުށަހަޅާ ހިސާބުން ފެށިގެން މައްސަލަ ނިމެންދެން މައްސަލައާ ގުޅިގެން ކޮމިޝަނުން ކުރިޔަށް ގެންދާ ކޮންމެ މަރުޙަލާއެއް ފެށުމުން އަދި ނިމުމުން އެކަމުގެ އަދާހަމަ، ކާކުކަން އެނގޭގޮތަށް ފޯނު ނަމަބަރާއިއެކު މައްސަލަ ހުށަހަޅާ ފަރާތަކަށް، އެސް އެމް އެސްގެ ޒަރީޢާއިން ލިބެމުން ދާނެކަމަށް އޭސީސީން ވަނީ ބުނެފައެވެ.
''މިއަދު ތަޢާރަފުކުރި "ލިބީގެ" ފަންކަޝަންގެ ސަބަބުން، ކޮމިޝަނަށް ޙާޟިރުނުވެ، މައްސަލައިގެ އަދާހަމަ ބެލުމަށް އިތުރު ވަގުތު ހޭދަ ކުރުމަކާނުލައި މައްސަލައިގެ އަދާހަމަ ލިބިގެންދާނެ'' އޭސީސީން ބުނެފަވެއެވެ.
މީގެއިތުރުނ މި ފަންކްޝަންގެ ސަބަބުން، މައްސަލަތަކުގެ އަދާހަމަ ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް ޖަވާބުދިނުމަށް ހޭދަކުރަމުންދާ ވަގުތު ސަލާމަތްކުރެވި، ހުށައަޅާ މައްސަލައާއި ގުޅިގެން ކޮމިޝަނުން ނިންމާ ނިންމުން ފަސޭހައިން އެނގިގެންދާނެ ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!