މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިސްލާމިކް މިނިސްޓްރީ

486 Stories filed
މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 3،000ރ ޖަމާކޮށްފި
Raajje

މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 3،000ރ ޖަމާކޮށްފި

މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށްޖެހޭ އަދަދަކީ 3000 ރުފިޔާކަމަށް ކަނޑައަޅައި އެ ފައިސާ ޖަމާކޮށްފިއެވެ. މިނިސްޓްރީން ބުނީ މި އަހަރަކީ އެންމެ ގިނައިން މުދަލުޒަކާތުގެ ގޮތުގައި ފައިސާ ދޫކުރި އަހަރު ކަމަށެވެ. އެގޮތުން މި އަހަރު ޖުމްލަ 26،877،000.00 (ސައްބީސް މިލިއަން އަށްލައްކަ ހަތްދިހަ ހަތްހާސް ރުފިޔާ) މުދަލު ޒަކާތުގެ ގޮތުގައި ދޫކޮށްފައިވެއެވެ. އެއީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 8959 މީހުނަށް ބޮލަކަށްޖެހޭ އަދަދު 3000 ރުފިޔާގެ މަގުންނެވެ. މީގެ ކުރީ އަހަރުތަކަށް [...

ދަރަނބޫދޫ މިސްކިތަކީ ކައުންސިލާ ހަވާލުކޮށްފައިވާ މިސްކިތެއް: އިސްލާމިކް މިނިސްޓްރީ
Raajje

ދަރަނބޫދޫ މިސްކިތަކީ ކައުންސިލާ ހަވާލުކޮށްފައިވާ މިސްކިތެއް: އިސްލާމިކް މިނިސްޓްރީ

ދަރަނބޫދޫ މިސްކިތަކީ އިސްލާމިކް މިނިސްޓްރީން ކައުންސިލާ ހަވާލުކޮށްފައިވާ މިސްކިތެއް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީން މިހެން ބުނީ އެ މިސްކިތުގައި ބިދޭސީން ދިރިއުޅޭ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ އެވެ. އެ ވީޑިއޯ އާންމު ކުރީ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒެވެ. އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެ ރަށުގައި އައު މިސްކިތް އެޅުމަށް ފަހު ވީޑިއޯއިން ފެންނަ މިސްކިތުގެ ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ކައުންސިލުން […]

ޙައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ފުރާވަޑައިގެންފި
Raajje

ޙައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ފުރާވަޑައިގެންފި

މި އަހަރުގެ ޙައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ފުރާވަޑައިގެންފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މި އަހަރުގެ ޙައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން މިއަދު ފުރާވަޑައިންފައިވާ ކަމަށެވެ. ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ބެލެހެއްޓެވުމަށްޓަކައި ކޮންމެ އަހަރަކުވެސް ސަރުކާރުން އެކަމަށް ޚާއްޞަ މިޝަނެއް އެކުލަވާލައްވައެވެ. އެ މިޝަންއިން ސަޢޫދީ ޢަރަބިއްޔާގައި ޤާއިމްވެ، ރާއްޖެއިން އެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރަން ސަޢުދީ އަރަބިއްޔާ ދާ ޙާޖ...

މުދަލު ޒަކާތުގެ ނިޞާބު ދަށް ކޮށްފި
Business

މުދަލު ޒަކާތުގެ ނިޞާބު ދަށް ކޮށްފި

އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިޞާބު ދަށް ކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ހާމަ ކުރައްވާފައިވާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6396.25 ރުފިޔާ ކަމަށެވެ. މިއީ ކުރީގެ ނިޞާބަށްވުރެ 844.90 ރުފިޔާގެ މަދު މިންވަރެކެވެ. މި އަހަރުގެ މާޗް މަހު ކަނޑައަޅާފައިވާ މުދަލު ޒަކާތުގެ ނިޞާބަކީ 7241.15 ރުފިޔާއެވެ. އެހެން ޤައުމުތަކާ ޚިލާފަށް ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ […]

އިމާމުންނާއި ޚަޠީބުން ރާއްޖެއިން ބޭރުން ތަމްރީނު ކުރަން ފަށަނީ
Raajje

އިމާމުންނާއި ޚަޠީބުން ރާއްޖެއިން ބޭރުން ތަމްރީނު ކުރަން ފަށަނީ

އިމާމުންނާއި ޚަޠީބުން ރާއްޖެއިން ބޭރުން ތަމްރީނު ކުރަން ފަށަން އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ. ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުންނާއި ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިކަން ހާމަ ކުރައްވައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އިމާމުންނާއި ޚަޠީބުންނަކީ ޤާބިލް ބަޔަކަށް ހެދުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭން ޖެހޭކަމަށެވެ. އެގޮތުން އެ ފުރުޞަތު ފަހިކޮށް ދިނުމުގެ ގޮތުން ތަމްރީނު ތަކަށް...

މަހާނަތައް ޒީނަތްތެރިކޮށް މަހާނަތަކުގައި ގާފޮޅު ޖެހުން ހުއްޓުވަން އަންގައިފި
Raajje

މަހާނަތައް ޒީނަތްތެރިކޮށް މަހާނަތަކުގައި ގާފޮޅު ޖެހުން ހުއްޓުވަން އަންގައިފި

މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން، މާލޭ ސިޓީ ކައުންސިލަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ. އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްއަށް މިއަދު ވަނީ މިކަން ހުއްޓުވުމަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި ބުނީ މިހާރަކަށް އައިސް ބައެއް ގަބުރުސްތާނުތަކުގެ މަހާނަތައް ޒީނަތްތެރިކޮށް މަހާނަތަކުގައި ގާފޮޅު ޖެހުމާއި ރާނާ ހަދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. “ގަބުރުސްތާނަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ބޮޑަށް ޙުރުމަތްތެރި ކުރައްވާފައިވާ ތަނެއް، މަހާނަތ...

ހަނިމާދޫގައި 500 މީހުންގެ ޖާގައި މިސްކިތެއްގެ ބިންގާ އަޅައިފި
Thiladhunmathi News

ހަނިމާދޫގައި 500 މީހުންގެ ޖާގައި މިސްކިތެއްގެ ބިންގާ އަޅައިފި

ހދ.ހަނިމާދޫގައި އަލަށް އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅައިފިއެވެ. މިކަމަށްޓަކައި ހަނިމާދޫގައި ހުކުރު ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވައި ރަސްމީކޮށް މި މަސައްކަތް ފައްޓަވައި ދެއްވާފައި ވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީއާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ. މި މަސައްކަތަށް 11.9 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާއިރު، މިސްކިތް އިމާރާތްކުރުމު...

ފޭސް ދޭއްގައި އަޅާ އިސްލާމިކް ސެންޓަރު ޑިޒައިންކޮށްގެން ހަތް ލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު
Raajje

ފޭސް ދޭއްގައި އަޅާ އިސްލާމިކް ސެންޓަރު ޑިޒައިންކޮށްގެން ހަތް ލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު

އެއް ވަނަ އަށްދާ ފަރާތަކަށް 7 ލައްކަ ރުފިޔާ ލިބޭގޮތަށް، ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ ޑިޒައިން ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވި ގޮތުގައި ހުޅުމާލެ ފޭސް ދޭއްގައި ޒަމާނީ ފެންވަރުގެ އިސްލާމިކް ސެންޓަރެއް ބިނާކުރުމުގެ ގޮތުން ހަދާ މި އިސްލާމިކް ސެންޓަރު ޑިޒައިން ކުރުމަށް ރާއްޖޭގެ ކޮންމެ އާކިޓެކްޗަރަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މިއަދު ހުޅުވާލި މިފުރުސަތުގެ ދަށުން މި މުބާރާތުގެ 1 ވަނައަށް ދާ ފަރާތަކަށް […]

ސައޫދީން ހަދިޔާކުރި 25,000 ޕެކެޓް ކަދުރު ބަހަން ފަށައިފި
Raajje

ސައޫދީން ހަދިޔާކުރި 25,000 ޕެކެޓް ކަދުރު ބަހަން ފަށައިފި

ސައުދީ އަރަބިއްޔާއިން މިއަހަރު ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނު ކަދުރު ބަހަން ފަށައިފިއެވެ. ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ރޯދަމަހާއި ދިމާކޮށް ދިވެހި ރައްޔިތުންނަށް ކަދުރު ހަދިޔާ ކުރަމުންދެއެވެ. ނަމަވެސް މިއަހަރުގެ ކަދުރު ލިބިފައި ވަނީ ރޯދަ މަސް ނިމުނު ފަހުންނެވެ. އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރި ކަދުރު ބެހުމާބެހޭގުޅޭ ގޮތުން މިއަދު އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މި އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައ...

ސަޢޫދީން ހަދިޔާ ކުރެއްވި ކަދުރު ރަސްމީކޮށް ހަވާލުކުރައްވައިފި
Raajje

ސަޢޫދީން ހަދިޔާ ކުރެއްވި ކަދުރު ރަސްމީކޮށް ހަވާލުކުރައްވައިފި

ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރައްވާފައިވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ރަސްމީކޮށް ހަވާލުކުރައްވައިފިއެވެ. ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރގެ ވަފުދެއް ރާއްޖެ ވަޑައިގެން މިކަމަށްޓަކައި މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކަދުރު ހަވާލު ކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީ އެވެ. ކަދުރާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ...

ފިތުރު ޒަކާތުގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފި
Business

ފިތުރު ޒަކާތުގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފި

ފިތުރު ޒަަކާތުގެ ގޮތުގައި ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން އިއްޔެ ބުނީ ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދައްކާފައިވަނީ 107,132 މީހުން ކަމަށެވެ. އެ އަދަދު 5.6 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ވަނީ ބުނެފައެވެ. މިދިޔަ އަހަރު ވެސް މި މުއްދަތުގައި 5.6 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ބަލައިގަތެވެ. […]

ދިރިއުޅުމުގައި މާޔޫސްވާ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ނަސޭހަތްތެރިވެއްޖެ
Raajje

ދިރިއުޅުމުގައި މާޔޫސްވާ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ނަސޭހަތްތެރިވެއްޖެ

ދުނިޔޭގައި ދިރިއުޅެމުންދާއިރު މާޔޫސްވާ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ރޭގެ އިޙްޔާ ފޯރަމްގައި ނަސޭހަތްތެރިވެ ވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ރަމާޟާންމަހު ކުރިއަށް ގެންދަވާ އިޙްޔާ ފޯރަމްގެ ރޭގެ ފޯރަމަކީ މި އަހަރުގެ އެންމެ ފަހު ފޯރަމް އެވެ. އަދި އެ ފޯރަމްގައި ތަޤްރީރު ކުރައްވާފައިވަނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އާއި، އައްޝައިޚް ފައްޔާޟް ޢަލީ މަނިކެވެ. ރޭގެ މައުޟޫއަކީ ”އިންސާނުންގެ ޙާލަތު ކީރިތި ޤުރުއާނުގެ އަލީގައި” އެވެ. މި މައުޟޫޢުއަށް ރޭގެ ފޯރަމްގައި ތަޤްރީރު ކުރައްވަމުން...

"އިސްލާމްދީނާއި ދުރުވެގެން ކާމިޔާބެއް ނެތް"
Raajje

"އިސްލާމްދީނާއި ދުރުވެގެން ކާމިޔާބެއް ނެތް"

އިސްލާމްދީނާއި ދުރުވެގެން ކާމިޔާބެއް ނެތްކަމަށާއި މާތްﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީންކަމަށް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ. ޑރ. ޢަލީ ޒާހިރު މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ އިޙްޔާ ޕްރޮގްރާމްގެ ރޭގެ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ. ރޭގެ މަޢުލޫއަކީ “ޒަމާނީ އޮއިވަރުތަކުން ރައްކާތެރިވެތިބުމަށް މަގެއް” އެވެ. މި މައުލޫއަށް ވާހަކަ ދައްކަވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ، އިސްލާމްދީނާއި ދުރުވެގެން ކާމިޔާބެއް ނެތްކަމަށެވެ. އަދި  މާތްﷲގެ ހަޟްރަތުގައި ދީނ...

"ކުޑަކުދިންނަށް ޤުރުއާނުގައިވާ ރިވެތި ވާހަކަތަކާއި ޞަޙާބީންގެ ވާހަކަތައް ކިޔައިދިނުން މުހިންމު"
Raajje

"ކުޑަކުދިންނަށް ޤުރުއާނުގައިވާ ރިވެތި ވާހަކަތަކާއި ޞަޙާބީންގެ ވާހަކަތައް ކިޔައިދިނުން މުހިންމު"

ކުޑަކުދިންނަށް ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތަކާއި ޞަޙާބީންގެ ވާހަކަތައް ކިޔައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެއީ އެކުދީން ތަރުބިއްޔަތަށް ވަރަށް މުހިންމު ކަމެއްކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް ސައިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ. ސްޓޭޓް މިނިސްޓަރު، ސައިޚް އަނީލް މިހެން ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ރަމާޟާންމަހު ކުރިއަށް ގެންދަވާ އިޙްޔާ ފޯރަމްގެ ރޭގެ ޕްރޮގްރާމްގައި “އެންމެ ރިވެތި ވާހަކަ” މި މައުޟޫޢަށް ވާހަކަ ދައްކަވަމުންނެވެ. ސައިޚް އަނީލް ވިދާޅުވި...

ފިޠުރު ޒަކާތުގެ ގޮތުގައި 8 ލައްކައަށްވުރެއް ގިނަ ރުފިޔާ ލިބިއްޖެ
Raajje

ފިޠުރު ޒަކާތުގެ ގޮތުގައި 8 ލައްކައަށްވުރެއް ގިނަ ރުފިޔާ ލިބިއްޖެ

މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 11 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި މުޅި ރާއްޖެއިން 878،646.00 (އަށްލައްކަ ހަތްދިހަ އަށްހާސް ހަސަތޭކަ ސާޅީސް ހައެއް) ރުފިޔާ އިސްލާމިކް މިނިސްޓްރީއަށް ލިބިފައިވާކަމަށް އެމިނިސްޓްރީން ބުނެފި އެވެ. އެމިނިސްޓްރީން ބުނީ ޖުމްލަ 19523 (ނަވާރަ ހާސް ފައްސަތޭކަ ތޭވީސް)  މީހުން ޒަކާތް ދައްކާފައިވާއިރު މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރުތަކަށް ޒަކާތް ދައްކާފައިވަނީ 4956 (ހަތަރުހާސް ނުވަސަތޭކަ ފަންސާސް ހައެއް) މީހުންކަމަށާއި އޮންލައިންކޮށް ޒަކާތް ދެއްކީ 14567 (ސާދަ ހާސް...