ދަރަނބޫދޫ މިސްކިތަކީ އިސްލާމިކް މިނިސްޓްރީން ކައުންސިލާ ހަވާލުކޮށްފައިވާ މިސްކިތެއް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިހެން ބުނީ އެ މިސްކިތުގައި ބިދޭސީން ދިރިއުޅޭ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ އެވެ. އެ ވީޑިއޯ އާންމު ކުރީ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒެވެ.

Ad
rt

އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެ ރަށުގައި އައު މިސްކިތް އެޅުމަށް ފަހު ވީޑިއޯއިން ފެންނަ މިސްކިތުގެ ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ކައުންސިލުން ގުރުއާން ކްލާހެއް ހިންގަން ހުއްދައަށް އެދިފައިވާތީ 2017 ވަނަ އަހަރުން ފެށިގެން އެތަން ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި އެ މިސްކިތުގައި ބިދޭސީންތަކެއް އަންނަނީ ދިރިއުޅެމުންނެވެ. މިސްކިތު ފާރު މަތީގައާއި ގޯތިތެރެގައި ރޯނު ދަމާ އެއްޗެހި އެލުވާފައި ހުރި އިރު، މިސްކިތުގެ ނަމާދުކުރާ ސަރަހައްދު ބޭނުންކޮށްފައި ވަނީ ނިދާ ތަނުގެ ގޮތުގައެވެ.