މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށްޖެހޭ އަދަދަކީ 3000 ރުފިޔާކަމަށް ކަނޑައަޅައި އެ ފައިސާ ޖަމާކޮށްފިއެވެ.
މިނިސްޓްރީން ބުނީ މި އަހަރަކީ އެންމެ ގިނައިން މުދަލުޒަކާތުގެ ގޮތުގައި ފައިސާ ދޫކުރި އަހަރު ކަމަށެވެ. އެގޮތުން މި އަހަރު ޖުމްލަ 26،877،000.00 (ސައްބީސް މިލިއަން އަށްލައްކަ ހަތްދިހަ ހަތްހާސް ރުފިޔާ) މުދަލު ޒަކާތުގެ ގޮތުގައި ދޫކޮށްފައިވެއެވެ.
އެއީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 8959 މީހުނަށް ބޮލަކަށްޖެހޭ އަދަދު 3000 ރުފިޔާގެ މަގުންނެވެ.
މީގެ ކުރީ އަހަރުތަކަށް ބަލާއިރު މުދަލު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ، 1440 ވަނަ އަހަރު 2000 ރުފިޔާއެވެ. އޭރު ފަޤީރުންގެ އަދަދަކީ 10،944 އެވެ.
1441 ވަނަ އަހަރު ފަޤީރުންގެ ގޮތުގައި 7778 މީހުން ތިބިއިރު ބޮލަކަށް ޖެހުނީ 2700 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!