"މެޖެސްޓީ 62" ނަމަކަށް ކިޔާ ޔޮޓްގައި މިއަދު ރޯވި އަލިފާން އެއްކޮށް ނިއްވާލައިފިއެވެ.
މި ހާދިސާ ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 07:37 ހާއިރު އެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކުއެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު އެތަނުގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ.
ޔޮޓްގައި ރޯވި އަލިފާން ނިއްވާލުމުގައި ސިފައިން ހަރަކާތްތެރި ވަނީ، މި ހާދިސާގައި ޔޮޓްގެ ބޮޑު ބައެއް ވަނީ އަނދާފައި، ފޮޓޯ: އެމްއެންޑީއެފް
އެ ޔޮޓްގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރެވުނީ، އެމްއެންޑީއެެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ކުރި މަަސައްކަތުން 09:48 ހާއިރުއެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ މިއަދު 10:14 ހާއިރުއެވެ.
''މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ، ނަމަވެސް އެ ޔޮޓްގެ ބޮޑުބައި ވަނީ އަނދާފައި'' އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ހާދިސާ ހިނގިއިރު މި ޔޮޓް އޮތީ ރިޒްކާލްޓަން ފަރި ރިސޯޓް ކައިިރީގައި ކަމުން، އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ޔޮޓުގައި ތިބި ފަތުރުވެރިންނާއި ފަޅުވެރިން ވަނީ ރިޒްކާލްޓަން ފަރި ރިސޯޓްގެ އެހެން ލޯންޗެއްގެ އެހީގައި ޔޮޓުން ފައިބާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!