މަސްވެރިކަމަށް ގޮސް އުޅުނު "އަސްދާން" ނަމަކަށް ކިޔާ ދޯންޏެއް ވ. ރަކީދޫ ގެ އިރުން 2 މޭލު ބޭރުން ފަރަކަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ، 26 މީހުންނާއެކު މަސްވެރިކަމަށް ގޮސް އުޅުނު އެ ދޯނި ފަރަށް އަރާފައިވާކަމުގެ މައުލޫމާތު 23:00 ހާއިރު އެމްއެންޑީއެފަށް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިޔާ ކޯސްޓް ގާރޑް ސްކޮރޑުން އެސަރަހައްދަށް ގޮސްފައި ކަމަށެވެ.
ދޯނި ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި ދޯނީގެ ވެރިފަރާތުން ވެސް މިހާރު ދަނީ ކުރަމުންނެވެ.
ދޯނި ފަރަށް އެރި ސަރަހައްދުގައި 5 ދޯންޏާއި އަދި ސީ އެމްބިއުލާން ހަރަކާތްތެރިވަމުންދާކަމަށް ވަނީ މަޢުލޫމާތުލިބިފައެވެ. އަދ ފަޅުވެރިން ޕޮލިސް ލޯންޗަށް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިކަމާއިގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފްއިން އަދި ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!