ރާއްޖޭގެ ޚާއްޞަ އިޤްތިސޯދީ ސަރަހައްދުން ފެނުނު ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެމުން ބުނެފައިވަނީ ގޮތުގައި ރާއްޖޭގެ ޚާއްޞަ އިޤްތިސޯދީ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް މިމަހުގެ 3 ވަނަ ދުވަހު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓެސެޕްޓް ކްރާފްޓް "މާފަތް" ގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

Ad
rt

މިބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 6 މީހުންނާއެކު މ.އަތޮޅުގެ އިރުމަތީ ފަރާތުން 37 ނޯޓިކަލް މޭލު ބޭރުންނެވެ.

މި ބޯޓު މަސްވެރިކަން ކުރަމުންދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައިވަނީ އެސަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ "އަސަރީ" އަދި ''އަސުރުމާ 02'' ދޯނިންނެވެ.

މި ބޯޓު ރާއްޖޭގެ އިޤްތިސޯދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ މައްސަލަ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އަންނަނީ ތަހުޤީޤުކުރަމުންނެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މި ބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު14:00 ގައިކަމަށާއި މިހާރު މާލެ ގެނެސް ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށެވެ.