ކުޅުދުއްފުޓާއި ދިމާލުގައި އަޅާފައި އޮންނަ ބޮއި ކައިރީ މަސްވެރިކަމު އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެމީހާ އަކީ ''ނިއުމަތް'' ދޯނީގައި މަސްވެރިކަމު އުޅުނު އުމުރުން 35 އަހަރުގެ ދިވެއްސެއް ކަމަށެވެ.
އެމީހާގެ ލޮލަށް ބުޅި ހެރުމުގެ ސަބަބުން ޒަޚަމްވެގެން އަވަސް ފަރުވާ ދިނުމަށް، އެމްއެންޑީއެފް ނޯތު އޭރިއާއިން ވަނީ މިހާރު އެމީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަަލަށް ގެންގޮސް ދީފައެވެ.
އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެމީހާ ކުޅުދުއްފުއްޓަށް ބާލަނީ، ފޮޓޯ: އެމްއެންޑީއެފް
މަސްވެރިކަމު އުޅޭ މީހުންގެ ލޮލަށް ބުޅި ހެރުމުގެ ހާދިސާތައް ހިންގުން ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އަދި ކަނޑުމަތީގެ އެކި ބާވަތުގެ ހާދިސާތައް ކޮންމެ ދުވަހަކުހެން ރާއްޖޭގައި ހިނގަމުންދާއިރު، އެމްއެންޑީއެފުން ދަނީ ރައްޔިތުންނަށް އެހީތެރިވުމަށް ކެނޑިނޭޅި ޚިދުމަތް ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!