''އީކުއޭޓަރ'' ސަފާރީގެ ޑައިވިން ދޯނީގެ ކެޕްޓަންގެ ސިއްހީ ހާލަތު ގޯސްވެ، އޭނާ މާލެ ގެންދިޔުމުގެ މަސައްކަތް ކުރަށްވަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މާލޭގެ ހުޅަނގު ދެކުނު 21 ނޯޓިކަލް މޭލު ބެރުގައި އޮތް ''އީކުއޭޓަރ'' ސަފާރީގެ ޑައިވިން ދޯނީގެ ކެޕްޓަންގެ ސިއްހީ ހާއްލު ގޯސްވެ، އެ އިދާރާގެ އެހީތެރިކަމަށް އެދުމުން އަވަސް ފަރުވާއަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ.
މިގޮތުން އެމްއެންޑީއެފްގެ މާލޭ އޭރީގެ ކޯސްޓް ގާޑުން މިހާރު އެމީހާ ޑައިވިން ދޯނިން ނަގައިގެން މާލެއަށް ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި އެމީހާއަށް ކުއްލިއަކަށް ނެވާލާން އުނދަގޫވީކަމަށް އެ އިދާރާއަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައި ވަނީ ހެނދުނު 10:47 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!