ނ. އަތޮޅު ބޮއެގެ އުތުރުން 30 މޭލު ބޭރުން ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެންފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ނ. އަތޮޅު ބޮއިގެ އުތުރުން 30 މޭލު ބޭރުން ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ނޮދާން އޭރިޔާ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް މިއަދު ގެނެސްފައިވާކަމަށެވެ.

Ad
rt

މި ބޯޓުގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ “އަސަރީ” ދޯނިން މިއަދު ހެނދުނު 8:40 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި މަސްބޯޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ހދ.ކުޅުއްފުއްޓަށް ވެއްދުމުގެ ދަތުރު ކުރަމުންދާކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.

ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓްގެ މައުލޫމާތު އެމްއެންޑީއެފްއާއި ހިއްސާކޮށްފައިވާ ކަމަށް މިއަދު ހެނދުނު10:18 ގައި ކުރި ޓްވީޓެއްގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ) ނައިބު ރައީސް، އިމްރާން މުޙައްމަދު ވެސް ވަނީ ވިދާޅުވެފަ އެވެ.