ކ. މާފުށިން ރިޔަލު ދޯންޏެއްގައި އެކަނި މަހަށް ނުކުތް 81 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ވިދާޅުވީ 18 ފޫޓުގެ ރިޔާ ދޯންޏެއްގައި ކ. މާފުށިން މަހަށް ދިޔަ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުން ގެންދާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް އެއިދާރާއަށް ލިބުނީ މިއަދު މެންދުރު ފަހު 14:08 ހާއިރުއެވެ.

Ad
rt

އެ މީހާ މަހަށް ފުރީ ފަތިހު 5:30 އެހާކަންހާއިރު އެވެ. އޭގެ ފަހުން މިވަގުތާއި ހަމައަށް އޭނާގެ އެއްވެސް ހަބަރެއް ނުވާކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ކ. މާފުށި، ޝޭޑީ ގްރޯވް، އަހުމަދު އާދަމް މަނިކެވެ.

އަތޮޅުތަކުގެ ރަށްތަކުގައި އެކަނި ވަދު އެޅުމަށާއި، ފަރުމަހަށް ނުކުމެ އުޅުމަކީ އާންމުކޮށް ހިނގަމުން އަންނަ ކަމެކެވެ.