މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އެމްއެންޑީއެފް

526 Stories filed
ޒަމާނީ ތަޢުލީމުގެ ތަފާތު ދާއިރާތަކުގެ މީހުން، ސިފައިންގެ ޚިދުމަތަށް ބޭނުންވޭ: ރައީސް
News

ޒަމާނީ ތަޢުލީމުގެ ތަފާތު ދާއިރާތަކުގެ މީހުން، ސިފައިންގެ ޚިދުމަތަށް ބޭނުންވޭ: ރައީސް

ޒަމާނީ ތަޢުލީމުގެ ތަފާތު ދާއިރާތަކުގެ މީހުން، ސިފައިންގެ ޚިދުމަތަށް ބޭނުންވާކަމަށް ރައީސް އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ގޮތުން މިއަދު ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިޒަމާނުގެ ޢަސްކަރިއްޔާތަކަކީ ސައެންސާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޢަސްކ...

އެމްއެންޑީއެފުން ނޮޅިވަރަންފަރުގައި ފަޔާ އެވެއާނަސް ޕްރޮގްރާމެއް
Thiladhunmathi News

އެމްއެންޑީއެފުން ނޮޅިވަރަންފަރުގައި ފަޔާ އެވެއާނަސް ޕްރޮގްރާމެއް

އެމްއެންޑީއެފުން ހދ. ނޮޅިވަރަންފަރުގައި ފަޔާ އެވެއާނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑުން އެރަށުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި މަހުގެ 1 ވަނަ ދުވަހާއި 3 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ނޮޅިވަރަންފަރު ސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ 62 ދަރިވަރުންނާއި އެ ރަށުގެ 70 އަންހެން ބޭކަނބަލުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުގައި ވަނީ އަލިފާންނިވި އަދި އަލިފާން ބްލޭންކެޓު ބޭނުން...

އެމްއެންޑީއެފުން ތަކަންދޫއާއި މާރަންދޫގައި ފަޔާ އެވެއާނަސް ޕްރޮގްރާމްތަކެއް
Thiladhunmathi News

އެމްއެންޑީއެފުން ތަކަންދޫއާއި މާރަންދޫގައި ފަޔާ އެވެއާނަސް ޕްރޮގްރާމްތަކެއް

އެމްއެންޑިއެފުގެ ފަރާތުން ހއ. އަތޮޅުގެ ތަކަންދޫއާއި މާރަންދޫގައި ފަޔާ އެވެއާނަސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްތަކަކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ފަޔާ އެންޑް ރެސްކިޔު ސާވިސް ކޮމްޕޯނަންޓުގެ ފަރާތުން އެރަށްތަކުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްތައް އެ ދެ ރަށުގައި ވެސް ކުރިއަށް ގެންދިޔައީ މި ހިނގާ އޯގަސްޓް 27 ވަނަ ދުވަހު އެވެ. މިގޮތުން ތަކަންދޫ ގައި ހިންގ...

ކޮންޓޭނަރަކުން ދުން އަރާތީ ބެލިއިރު ކެމިކަލް ލީކުވަނީ
Raajje

ކޮންޓޭނަރަކުން ދުން އަރާތީ ބެލިއިރު ކެމިކަލް ލީކުވަނީ

އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓޭނަރަކުން ކެމިކަލް ލީކުވަމުންދާތީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި އެވެ. މިކަމާއި ގުޅޭގޮތުން އެމްޕީއެލް ސްޕޯކްޕާރސަން ދާނިޝް ނިޒާމް މީޑިޔާތަކަށް މަޢުލޫމާތު ހިއްސާކުރަމުން ބުނީ، މާލެ ކޮމާރޝަލް ހާބަރުގައި ހުރި ކޮންޓެއިނަރެއްގެ ތެރޭގައި ހުރި ކްލީނިންގ އައިޓަމް ތަކެއް ލީކްވެގެން ދުންއަރާތީ އެމްއެންޑީއެފުން އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ކެމިކަލް ރިލޭޓެޑް ހާލަތްތަކުގައި އެކުންފުނީގައި އަމަލުކުރުމުނ...

އެމެރިކާގެ ނޭޝަނަލް ޑިފެންސް ޔުނިވާސިޓީގެ އެންމެ މަތީ ޝަރަފް ޝަމާލް އަށް
Raajje

އެމެރިކާގެ ނޭޝަނަލް ޑިފެންސް ޔުނިވާސިޓީގެ އެންމެ މަތީ ޝަރަފް ޝަމާލް އަށް

އެމެރިކާގެ ވޮޝިންޓަން ޑީސީ ގައި ހުންނަ އެ ގައުމުގެ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީގެ “އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް” ގައި ހިމެނުމުގެ ޝަރަފު, ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއަށް އަރުވައިފިއެވެ. އިންޓަރނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގެ ޝަރަފަކީ ނޭޝަނަލް ޑިފެންސް ޔުނިވަރސިޓީން ރަންވަނަތައް ހޯދައި، މަތީ ފެންވަރުގައި ދަސްވެނިވުމަށްފަހު އަސްކަރިއްޔާތަކުގެ ޗީފުންގެ މަޤާމަށް ޢައްޔަނުކުރެވޭ ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ މިފަދަ އިސް މަޤާމުތަކާއި، އިންޓަރނޭޝަނަލް އޯ...

ސޯޅަ މީހުންނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިގެން ސިފައިން އެހީތެރިވަނީ
Raajje

ސޯޅަ މީހުންނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިގެން ސިފައިން އެހީތެރިވަނީ

ސޯޅަ މީހުންނާއެކު ދަތުރުކުރި ބޯޓެއް ފަރަށް އަރައިގެން ސިފައިން އެހީތެރިވަމުން އެބަދެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ފަރަށް އެރި މުދާ އުފުލާ ބޯޓަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ބޯޓަކީ 16 މީހުންނާއެކު ފުރައިގެން މާލެއިން އައްޑޫއަށް ދަތުރުކުރަމުންދިޔަ “ނިއުލައިން” ކިޔާ މުދާ އުފުލާ ބޯޓެކެވެ. މި ބޯޓު އުރިފައި ވަނީ ލ.މާމެންދޫގެ އުތުރު ފަރާތު ފަރަށެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއަށ...

ކޭއާރުއެޗްގައި އޮތް ބަލި މީހަކު، އިތުރު ފަރުވާއަށް ޑޯނިއަރގައި މާލެ ފޮނުވައިފި
Thiladhunmathi News

ކޭއާރުއެޗްގައި އޮތް ބަލި މީހަކު، އިތުރު ފަރުވާއަށް ޑޯނިއަރގައި މާލެ ފޮނުވައިފި

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި އަންހެނަކު، އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މާލެ ފޮނުވާލައިފި އެވެ. ހާރޓް އެޓޭކެއް ޖެހިގެން އެހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އުމުރުން 67 އަހަރުގެ އެއަންހެން މީހާ އަކީ ށ. އަތޮޅު އަންހެނެއްކަމަށް އެހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ވަނީ ލަފާދެއްވާފަ އެވެ. އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއެކު، ބަލި މީހާ މާލެ ގެނެސްފައ...

ކުޅުދުއްފުއްޓަށް ދަތުރުކުރި ލޯންޗަކަށް ދިޔަވާތީ ސިފައިން އެހީތެރިވެއްޖެ
Thiladhunmathi News

ކުޅުދުއްފުއްޓަށް ދަތުރުކުރި ލޯންޗަކަށް ދިޔަވާތީ ސިފައިން އެހީތެރިވެއްޖެ

ހދ. ކުޅުދުއްފުށީ ސިޓީގެ ބަނދަރުގައި އޮތް ލޯންޗަކަށް ދިޔަވާތީ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ. އެމްއެންޑީއެފުން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގެ ބަނދަރުގައި އޮތް ދިޔަވަމުންދިޔަ ލޯންޗަކަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މި ލޯންޗަކީ “ފްލައިންގ ފިޝް 12” ކިޔާ 24 ފޫޓްގެ ލޯންޗެކެވެ. މި ލޯންޗަށް ދިޔަވާން ފެށީ، 17 މީހުންނާއެކު ށ.ގޮއިދޫން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކު...

ބާޖެއް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި
Raajje

ބާޖެއް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ބާޖެއް އޮޔާދާތީ ކަނޑުދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް، ސިފައިން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން އިންޑިއާގެ ޓުޓްކޮރިންއަށް ދަތުރުކުރަމުން ދިޔަ ޓަގެއްގެ ކަފުގައި އޮތް ބާޖެއްގެ ވަޔަރުކަނޑައިގެން ގޮސް އޮޔާދާކަމުގެ މަޢުލޫމާތު އެ އިދާރާގެ ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ. މި ބާޖު ކަނޑައިގެން ގޮސްފައި ވަނީ، މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުންނެވެ. އެ ހާދިސާ ހިނގާފައި ވަނީ ނ. މާފަރުގެ އިރުން 117 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބާޖު އޮޔާ ގެންދަނީ އެ ސަރަހައްދުން...

ހާލުގައި ޖެހުނު ހޯރަފުށީގެ ޑިންގީއަކަށް ސިފައިން އެހީތެރިވެއްޖެ
Thiladhunmathi News

ހާލުގައި ޖެހުނު ހޯރަފުށީގެ ޑިންގީއަކަށް ސިފައިން އެހީތެރިވެއްޖެ

މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު ހއ. ހޯރަފުށީގެ ޑިންގީއަކަށް ސިފައިން އެހީތެރިވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ޑިންގީއަކީ ތިން މީހުންނާއެކު މަހަށް ނުކުމެ އުޅުނު ޑިންގީއެއްކަމަށެވެ. މޫސުން ގޯސްވެ އެ ޑިންގީ ހާލުގައި ޖެހުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. ސިފައިންނަށް މި ހާދިސާގެ ރިޕޯޓް ކޮށްފައި ވަނީ މިރޭ 19:15 ހާއިރު އެވެ. އެ ރިޕޯޓު ލިބުމާއެކު ކޯސްޓްގާޑު […]

ކްރޮސްރޯޑުން ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު މޫދުން ފެނިއްޖެ
News

ކްރޮސްރޯޑުން ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު މޫދުން ފެނިއްޖެ

ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަރވިލާއަކުން ގެއްލިގެން ހޯދަމުންދިޔަ އޮސްޓްރޭލިއާ ފަތުރުވެރިޔާގެ ހަށިގަނޑު މޫދުން ފެނިއްޖެއެވެ. އެމްއެންޑީއެފް އިން ބުނީ އެ ފަތުރުވެރިޔާ ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް،  ފެނިފައިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިންނަށް ކަމަށެވެ. މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފް އިން “ތިލަދުން” އަށް މަޢުލޫމާތު ދެ...

"ޕެސިފިކް އެމްފިބިއަސް ލީޑަރސް ސިމްޕޯޒިއަމް" ގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް
Raajje

"ޕެސިފިކް އެމްފިބިއަސް ލީޑަރސް ސިމްޕޯޒިއަމް" ގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް

ޖަޕާނުގެ ޓޯކްޔޯގައި ކުރިއަށްދިޔަ “ޕެސިފިކް އެމްފިބިއަސް ލީޑަރސް ސިމްޕޯޒިއަމް” ގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. މި ސިމްޕޯޒިއަމްއަކީ، ޖަޕާނުގެ ގްރައުންޑް ސެލްފް ޑިފެންސް ފޯސް އަދި ޔޫއެސް މެރިން ކޯރ ފޯސަސް، ޕެސިފިކްއިން ގުޅިގެން ޖޫން މަހުގެ 13 އިން 16 އަށް ކުރިއަށް ގެންދިޔަ ސިމްޕޯޒިއަމް އެކެވެ. މި މި ސިމްޕޯޒިއަމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ އިންޑޯ ޕެސިޕިކު ސަރަހައްދުގެ މަސްލަހަތާއި ސުލްހަ […]

ދޯންޏެއް ގެއްލިގެން ހޯދަނީ
Raajje

ދޯންޏެއް ގެއްލިގެން ހޯދަނީ

ސަފާރީއެއްގެ ކަފުގައި އޮތް ފަރުމަސްވެރިކަންކުރުމަށް ބޭނުންކުރާ ކުޑަ ދޯންޏެއް ކަނޑައިގެން ގޮސް ގެއްލިފައިވާތީ، އެ ދޯނި ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ. މި ދޯންޏަކީ، މާލެއިން ފުރައިގެން ނ. އަތޮޅުގައި އޮންނަ ސޮނެވާ ޖާނީއަށް ދަތުރުކުރި ސަފާރީއެއްގެ ކަފުގައި އޮތް 23 ފޫޓުގެ ދޯންޏެކެވެ. އެމްއެންޑީއެފުން ވިދާޅުވީ، ސަފާރީގެ ކަފުގައި އޮތް “މާކޯނި” ނަމަކަށް ކިޔާ ފަރުމަސްވެރިކަން ކުރާ މި ދޯނި ކަނޑައިގެންގޮސް ގެއްލިފައިވާކަމަށެވެ. އެހެންވެ ދޯނި ހޯދުމުގެ މަސައްކަތް، އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް...

ލޮނުދޫހުއްޓާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
Raajje

ލޮނުދޫހުއްޓާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގދ. ލޮނުދޫހުއްޓާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފް ވިދާޅުވީ އެރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އިދާރާގެ ސަދަން އޭރިއާ ކޮމާންޑް، ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ރަށުގައި ރޯވި އަލިފާން ނިއްވާލުމަށް ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން މިހާރު ދަނީ އެ ރަށަށް ދަތުރުކުރަމުންނެވެ. ގދ. ލޮނުދޫހުއްޓާއަކީ 2005 ވަނަ އަހަރުގެ މެއި 5 ވަނަ ދުވަހު، ރިސޯޓު ތަރައްގީކުރުމަށް 35 އަހަރުގެ މުއްދަތަށް ވަން އެންޑް ހާފް ޑިގްރީ […]

އެމެރިކާ ސިފައިންނާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފަށައިފި
Raajje

އެމެރިކާ ސިފައިންނާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފަށައިފި

ސިފައިންގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާ ސިފައިންނާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފަށައިފި އެވެ. އެމްއެންޑިއެފްއިން ބުނެފައިވަނީ، “އެކްސަސައިޒް ބްލެކް މަރލިން 22-2” ގެ ނަމުގައި ޔޫއެސް ފަސްޓް ބެޓޭލިއަން ފިފްތު ސެކިޔުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑާއި ދިވެހި އަސްކަރިއްޔާ ގުޅިގެން ތަމްރީނުތަކެއް ފަށާފައިވާކަމަށެވެ. ގައުމީ ދިފާއީ ބާރުން ބުނެފައިވަނީ، މި ތަމްރީންތައް ފަށާފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ.ކައްދޫގައި މޭ 14 ވަނަ ދުވަހުގެ ހެނދުނު ކަމަށެވެ....