ހދ. ކުޅުދުއްފުށީ ސިޓީގެ ބަނދަރުގައި އޮތް ލޯންޗަކަށް ދިޔަވާތީ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގެ ބަނދަރުގައި އޮތް ދިޔަވަމުންދިޔަ ލޯންޗަކަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

Ad
rt

މި ލޯންޗަކީ "ފްލައިންގ ފިޝް 12" ކިޔާ 24 ފޫޓްގެ ލޯންޗެކެވެ. މި ލޯންޗަށް ދިޔަވާން ފެށީ، 17 މީހުންނާއެކު ށ.ގޮއިދޫން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދަނިކޮށްކަމަށް ވެއެވެ.

މި ލޯންޗަށް ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 08:03 ހާއިރު ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

"މި މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ، ލޯންޗު އޮތް ސަރަހައްދަށް ގޮސް ޕަންޕު ބޭނުންކޮށްގެން ލޯންޗުން ފެން ހިއްކުމުގައި ވަނީ އެހީތެރިކަން ފޯރުކޮށްދީފައި"

އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

އެދޯނިން ދަތުރުކުރި މީހަކު މިނޫހަށް މަޢުލޫމާތުދެމުން ވިދާޅުވީ އެލޯންޗު ދިޔަވާކަމުގެ މަޢުލޫމާތު ކުޅުދުއްފުށީ ފަޅަށް ވަނުމުގެ ކުރިން ލިބިފައިވާކަމަށެވެ. ލޯންޗުގައި ތިބި މީހުން ކައްޕި އާއި ފަޅުވެރިންގެ ސަމާލުކަމަށް ގެނެސް ނޭކުރެންދޫ ފަޅަށް ވަނުމަށް އެދިފައިވާކަަމަށެވެ.