މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު ހއ. ހޯރަފުށީގެ ޑިންގީއަކަށް ސިފައިން އެހީތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެ ޑިންގީއަކީ ތިން މީހުންނާއެކު މަހަށް ނުކުމެ އުޅުނު ޑިންގީއެއްކަމަށެވެ. މޫސުން ގޯސްވެ އެ ޑިންގީ ހާލުގައި ޖެހުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.

Ad
rt

ސިފައިންނަށް މި ހާދިސާގެ ރިޕޯޓް ކޮށްފައި ވަނީ މިރޭ 19:15 ހާއިރު އެވެ. އެ ރިޕޯޓު ލިބުމާއެކު ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މި ޑީންގީ ހއ. ދިގުރަށު ފަޅުތެރެއިން މަސްވެރިކަން ކުރަމުން ދަނިކޮށް މޫސުން ގޯސްވެގެން، އެ ރަށުގެ ފަޅުތެރެއިން ނުނިކުމެވިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމަށް އެދުނީއެވެ.

މި ހާދިސާާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާއެކު ހއ. ހޯރަފުށީގައި އޮންނަ ސީ އެމްބިއުލާންސް އެ ސަރަހައްދަށް ގޮސް، ޑިންގީއާއި އޭގައި ތިބި ތިން މީހުން ވަނީ ސީއެމްބިއުލާންސްގައި ހއ. ހޯރަފުއްޓަށް ސަލާމަތްތެރިކަމާއެކު ގެންގޮސްދީފައެވެ.

މި ހާދިސާގައި އެ ޑިންގީން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.