ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި އަންހެނަކު، އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މާލެ ފޮނުވާލައިފި އެވެ.

ހާރޓް އެޓޭކެއް ޖެހިގެން އެހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އުމުރުން 67 އަހަރުގެ އެއަންހެން މީހާ އަކީ ށ. އަތޮޅު އަންހެނެއްކަމަށް އެހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

Ad
rt

ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ވަނީ ލަފާދެއްވާފަ އެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއެކު، ބަލި މީހާ މާލެ ގެނެސްފައިވަނީ މިރޭ 18:55 ހާއިރުއެވެ.

އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި އިތުރު ފަރުވާއަށް މާލެ ފޮނުވާ މީހުންގެ ނިސްބަތް އިތުރު ވެފައިވާކަން ފާހަގަ ކުރެވެއެވެ.