އީރާނުގެ ލާރަކް އައިލެންޑަށް އެމެރިކާއިން ހަމަލާދިނުމުން އީރާނުގެ ރައްދު ހަމަލާއާއެކު މަޝްރަޙް ގޯސްވެއްޖެ
ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ލާރަކް އައިލެންޑުގައި ހުރި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ރޮކެޓް ލޯންޗަރުތަކަކަށް އެމެރިކާގެ އަސްކަރިއްޔާއިން ޑްރޯން ހަމަލާތަކެއް ދީފިއެވެ. އެމެރިކާއިން މި ހަމަލާ ދިނުމުގެ ބަހަނާއަކަށް ހަދާފައި ވަނީ ހޮރްމޫޒް ކަނޑުއޮޅިއަށް ސީ-މައިން (ކަނޑުއަޑީގެ މައިން) އަޅަން އީރާނުން ތައްޔާރުވަމުން ދަނިކޮށް ފެނުނުކަމަށް ބުނެެއެވެ. އެމެރިކާއިން ބުނި ގޮތުގައި، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ މަގުތަކުން މައިންތައް ސާފުކުރުމުގެ މަސައްކަތް ދާދިފަހުން ވަ...