ހަމަކަށަވަރުން ސިޙްރުޖެހިފައިވާމީހާ ސިޙްރުން ސަލާމަތްވުމަށްޓަކައި ކުރާނޭ ހުއްދަ ފަރުވާއެއް ﷲ ޝަރުޢުކުރައްވާފައިވެއެވެ.
އަދި އޭގެތެރޭގައި:
1- ސިޙްރެއް އޮތްތަނަކުން އެއެއްޗެއް ނެރުންވެއެވެ. އެގޮތުން އެއީ ކައިފައިވާއެއްޗެއްނަމަ ނުވަތަ ބޮއިފައިވާ އެއްޗެއްނަމަ އެއެއްޗެއް ހުރިތަނަކުން ހުސްކުރުން ނުވަތަ އެއީ ލިޔެފައިވާއެއްޗެއް ނުވަތަ ޖަހާފައިވާ ގޮށެއްނަމަ އެއްޗެއް ހުރިތަނެއް ދެނެގަތުންވެއެވެ.
އިބުނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. (( އެކަމާގުޅިގެން (އެބަހީ ސިޙްރުގެ ފަރުވާއާބެހޭގޮތުން) ނަބިއްޔާ‘ ގެ އަރިހުން ރިވާވެގެންވަނީ ދެގޮތެވެ.
ދެގޮތުން ފުރަތަމަ ގޮތް- އަދި އެދެގޮތުންކުރެ އެންމެ ރަނގަޅުގޮތަކީ - އެއެއްޗެއް ހޯދައި އެއެއްޗެއް ބާޠިލުކޮށްލުމެވެ. އެއީ ނަބިއްޔާގެ އަރިހުން ޞައްޙަ މަގުން އައިސްފައިވާ ފަދައިން ހަމަކަށަވަރުން ނަބިއްޔާ އެނަބިއްޔާގެ ހުސްޠާހިރުވަންތަ ރައްބުގެ ޙަޟްރަތަށް ދުޢާދެންނެވުމުން ފަހެ، އެނަބިއްޔާއަށް އެކަން ދެއްކެވިއެވެ...
އަދި ދެވަނަގޮތަކީ ސިޙްރުގެ އުނދަގޫވާތަނަކުން އެ ސިޙްރު ހުސްކޮށްލުމެވެ. )
އަދި ސިޙްރު ހުރިތަން ދެނެގަންނާނެ ގޮތް:
- އެކަން ދެނެގަނެވޭނެ އެއް ގޮތަކީ ސިޙްރު ޖެހިފައިވާ މީހާގެ ހަށިގަނޑުގެ ތެރޭގައިވާ ސިޙްރު ޙިމާޔަތްކުރާ ޖިންނި އޭނާގެ މައްޗަށް ޤުރްއާން ކިޔެވުމުން ވާހަކަދެއްކުމުންނެވެ. ފަހެ، އެޖިންނި ސިޙްރުހަދާފައިވާ ތަނުގެ ޚަބަރުދިނުމުން ފަހެ، އެސިޙްރު ( ހުރިތަނަކުން ) ނެރުމެވެ.
- އެކަން ދެނެގަނެވޭނެ އަނެއްގޮތަކީ ސިޙްރުޖެހިފައިވާ މީހާގެ މައްޗަށްވާ ﷲގެ ފަޟްލުވަންތަވެރިކަމުން ނިދީގައި ސިޙްރުވާތަން ދެއްކެވުމެވެ. ފަހެ، ސިޙްރުވާތަން އޭނާއަށް ހުވަފެނުގައި ފެނުމެވެ.
2- އަދި ސިޙްރުގެ ފަރުވާގެތެރޭގައި ސިޙްރުޖެހިފައިވާ މީހާގެމައްޗަށް ޤުރްއާންކިޔެވުންވެއެވެ. ޚާއްޞަކޮށް ސޫރަތުލް ފާތިޙާ ކިޔެވުމެވެ. އެއީ ﷲގެ ފޮތުގައިވާ އެންމެ މާތް ސޫރަތެވެ. އަދި އާޔަތުލް ކުރުސިއްޔި ކިޔެވުމެވެ. އެއީ ﷲގެ ފޮތުގައިވާ އެންމެ މާތް އާޔަތެވެ. އަދި ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔެވުމެވެ. އަދި އަޢްރާފު ސޫރަތުގައިވާ ސިޙްރުގެ އާޔަތްތައް ކިޔެވުމެވެ. އަދި އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. ۞ وَأَوحَينا إِلىٰ موسىٰ أَن أَلقِ عَصاكَ ۖ فَإِذا هِيَ تَلقَفُ ما يَأفِكونَ ﴿١١٧﴾ فَوَقَعَ الحَقُّ وَبَطَلَ ما كانوا يَعمَلونَ ﴿١١٨﴾ فَغُلِبوا هُنالِكَ وَانقَلَبوا صاغِرينَ ﴿١١٩﴾ الأعراف: ١١٧ – ١١٩
އަދި ޔޫނުސް ސޫރަތުގައިވާ އާޔަތްތައް ކިޔެވުމެވެ. އަދި އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. وَقالَ فِرعَونُ ائتوني بِكُلِّ ساحِرٍ عَليمٍ ﴿٧٩﴾ فَلَمّا جاءَ السَّحَرَةُ قالَ لَهُم موسىٰ أَلقوا ما أَنتُم مُلقونَ ﴿٨٠﴾ فَلَمّا أَلقَوا قالَ موسىٰ ما جِئتُم بِهِ السِّحرُ ۖ إِنَّ اللَّهَ سَيُبطِلُهُ ۖ إِنَّ اللَّهَ لا يُصلِحُ عَمَلَ المُفسِدينَ ﴿٨١﴾ وَيُحِقُّ اللَّهُ الحَقَّ بِكَلِماتِهِ وَلَو كَرِهَ المُجرِمونَ ﴿٨٢﴾ يونس: ٧٩ – ٨٢
އަދި ޠާހާ ސޫރަތުގައިވާ އާޔަތްތައް ކިޔެވުމެވެ. އަދި އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. قالوا يا موسىٰ إِمّا أَن تُلقِيَ وَإِمّا أَن نَكونَ أَوَّلَ مَن أَلقىٰ ﴿٦٥﴾ قالَ بَل أَلقوا ۖ فَإِذا حِبالُهُم وَعِصِيُّهُم يُخَيَّلُ إِلَيهِ مِن سِحرِهِم أَنَّها تَسعىٰ ﴿٦٦﴾ فَأَوجَسَ في نَفسِهِ خيفَةً موسىٰ ﴿٦٧﴾ قُلنا لا تَخَف إِنَّكَ أَنتَ الأَعلىٰ ﴿٦٨﴾ وَأَلقِ ما في يَمينِكَ تَلقَف ما صَنَعوا ۖ إِنَّما صَنَعوا كَيدُ ساحِرٍ ۖ وَلا يُفلِحُ السّاحِرُ حَيثُ أَتىٰ ﴿٦٩﴾ طه: ٦٥ – ٦٩
އަދި މުޢައްވިޛަތައިން ( ފަލަޤް އަދި ނާސް ) ދެސޫރަތް ކިޔެވުމެވެ.
އިބުނު ކަޘީރު ވިދާޅުވެފައިވެއެވެ. (( ސިޙްރު ފިލުވާލުމަށް ބޭނުންކުރެވޭ އެންމެ މަންފާ ހުރިއެއްޗަކީ އެފިލުވާލުމަށް ﷲ އެއިލާހުގެ ރަސޫލާގެ މައްޗަށް ބާވާލައްވާފައިވާ ދެސޫރަތެވެ. އެއީ މުޢައްވިޛަތައިން ( ފަލަޤް އަދި ނާސް ) ދެސޫރަތެވެ. އަދި ޙަދީޘެއްގައިވެއެވެ. އެދެސޫރަތްފަދަ އެއްޗަކުން ރައްކާތެރިކަން ހޯދާމީހަކު ރައްކާތެރިކަން ނުހޯދައެވެ. އަދި ހަމައެފަދައިން އާޔަތުލް ކުރުސިއްޔި ކިޔެވުންވެއެވެ. ފަހެ، ހަމަކަށަވަރުން އެއާޔަތުން ޝައިޠާނާ ދުރުކޮށްދެއެވެ. ޢާއިޝާ رضي الله عنها ވިދާޅުވެފައިވެއެވެ. " ނަބިއްޔާ ‘ ބަލިވެއްޖެ ހިނދު އެނަބިއްޔާގެ ނަފްސުގެ މައްޗަށް މުޢައްވިޛަތައިން ( ފަލަޤް އަދި ނާސް ) ދެސޫރަތް ކިޔަވާވިދާޅުވެ، ފުމެލައްވަތެވެ. ފަހެ، އެނަބިއްޔާ މަރުގެ އާލާސްކަންފުޅު ބޮޑުވި ހިނދު ތިމަން ކަމަނާ އެނަބިއްޔާގެ މައްޗަށް ކިޔަވައިވިދާޅުވެ، އެނަބިއްޔާގެ (ކަނާތްޕުޅުން) އެނަބިއްޔާގެ ހަށިކޮޅުގައި ފިރުމަމެވެ. އެއީ އެނަބިއްޔާގެ އަތްޕުޅުގެ ބަރަކާތަށް އުންމީދު ކުރާތީއެވެ."(
އަދި އިބުނުލްޤައްޔިމު ވިދާޅުވެފައިވެއެވެ: އަދި އޭނާ – އެބަހީ: ޝައިޚުލް އިސްލާމު- އާޔަތުލް ކުރުސިއްޔި އިން ފަރުވާ ކުރައްވަތެވެ. އަދި ( ޖިންނި އަޅައި ) ބިންމައްޗަށް ވެއްޓޭމީހާއަށާއި އެ އާޔަތުން ފަރުވާކުރާމީހާ އެއާޔަތް ގިނައިން ކިޔެވުމަށާއި މުޢައްވިޛަތައިން ( ފަލަޤް އަދި ނާސް ) ދެސޫރަތް ކިޔެވުމަށް އަމުރުކުރައްވަތެވެ.))
3- އެކަހެރިކަމާއެކު ﷲއަށް އަޅުވެތިވެ، ސިޙްރުން ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާކުރުންވެއެވެ. ނަބިއްޔާ ‘ އަށް ޖެހިވަޑައިގެންނެވި ސިޙްރާ ބެހޭގޮތުން ޢާއިޝާ رضي الله عنها ވިދާޅުވެފައިވެއެވެ. (( އެނަބިއްޔާ ކަމެއް ކުރެއްވުގެ ބާރުވެރިކަން ހުރިކަމަށް ހީފުޅުވެ އެކަމެއް ކުރައްވަން އުޅުއްވުމުން އެކަން ކުރުމުގެ ޤާބިލުކަމެއް އެނަބިއްޔާއަށް ލިބިފައި ނުވާކަން ފާޅުވެއެވެ. އެގޮތުގައި ވަނިކޮށް އެއްދުވަހަކު ނުވަތަ އެއްރެއެއްގައި ﷲގެ ރަސޫލާ ދުޢާކުރެއްވިއެވެ. އެއަށްފަހު ދުޢާކުރެއްވިއެވެ. އެއަށްފަހު ދުޢާކުރެއްވިއެވެ. ފަހެ، ﷲ އެނަބިއްޔާގެ ދުޢާ އިޖާބަކުރެއްވިއެވެ.))
އަދި އޭނާގެމައްޗަށްވަނީ ދުޢާކުރުމުގައި ދެމިހުރުމާއި ދުޢާކުރުގެ އަދަބުތަކުގައި އިލްތިޒާމުވެ ދެމިހުރުމެވެ. އެގޮތުން ދުޢާކުރުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނިގެންވާ ޤިބުލައަށް ކުރިމަތިލުމާއި ދުޢާ އިޖާބަކުރައްވާ ވަގުތުތައް ބަލައި (މިޘާލަކަށް ރޭގަނޑުގެ ތިންބައިކޮށްފަ ފަހުބައިގައި) ދުޢާކުރުންވެއެވެ. ފަހެ، ހަމަކަށަވަރުން އެވަގުތާމެދު ﷲ ވަޙީކުރައްވާފައިވެއެވެ. (( ތިމަން އިލާހުގެ ޙަޟްރަތަށް ދުޢާކުރާ މީހެއްގެ ދުޢާ ފަހެ، ތިމަންއިލާހު އިޖާބަކުރައްވާ ހުށީމެވެ. ތިމަން އިލާހުގެ ޙަޟްރަތުން ކަމަކަށް އެދޭ މީހެއްގެ ބޭނުން ފަހެ، ތިމަންއިލާހު ފުއްދަވާދެއްވާ ހުށީމެވެ. ތިމަން އިލާހުގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދޭ މީހެއްގެ ފާފަ ފަހެ، ތިމަންއިލާހު ފުއްސަވާދެއްވާ ހުށީމެވެ. )) (2)
އަދި ނަބިއްޔާ‘ ޙަދީޘް ކުރެއްވިއެވެ. « إِنَّ فِي اللَّيْلِ لَسَاعَةً لَا يُوَافِقُهَا رَجُلٌ مُسْلِمٌ، يَسْأَلُ اللهَ خَيْرًا مِنْ أَمْرِ الدُّنْيَا وَالْآخِرَةِ، إِلَّا أَعْطَاهُ إِيَّاهُ، وَذَلِكَ كُلَّ لَيْلَةٍ »(3) މާނައީ: (( ހަމަކަށަވަރުން ރޭގަނޑުގައި ވަގުތު ކޮޅެއްވެއެވެ. މުސްލިމު ފިރިހެނަކު ( އަދި އަންހެނަކު ވިއަސް ) ދުނިޔެއާއި އާޚިރަތުގެ ހެވަކަށް އެދި ﷲއަށް ދުޢާކޮށް އެވަގުތުކޮޅާ ބައްދަލުވެއްޖެ ނަމަ އެމީހަކަށް އެކަމެއް ހިންމަވައި ދެއްވަތެވެ. އަދި ކޮންމެ ރެއަކުވެސް އެވަގުތު ކޮޅުވެއެވެ. ))
4- އިސްތިޣްފާރު ކުރުމުގައި ދެމިހުރުމާއި އިސްތިޣްފާރުކުރުން ގިނަކުރުންވެއެވެ. ފަހެ، ހަމަކަށަވަރުން އެކަމަކީ ދަތިތައް ފިލުވާލުމުގެ އެންމެ ބޮޑެތި ސަބަބުތަކުގެ ތެރެއިންވާ ކަމެކެވެ. ހުސްޠާހިރުވަންތަ ﷲ ވަޙީކުރެއްވިއެވެ. ﭽ ﯼ ﯽ ﯾ ﯿ ﰀ ﰁ ﰂ ﭑ ﭒ ﭓ ﭔ ﭕ ﭖ ﭗ ﭘ ﭙ ﭚ ﭛ ﭜ ﭝ ﭞ ﭟ ﭼ(1) މާނައީ: " ފަހެ، ތިމަން ނަބިއްޔާ ( ނޫޙު عليه السلام ) ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރި އިލާހުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން އެއިލާހުއީ ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ. ( އޭރުން ) އެއިލާހު ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް ( ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި، ދަރިންގެ ގޮތުން، އެއިލާހު ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ."
5- ދުޢާތަކާއި ޝަރުޢުވެގެންވާ ރައްކާތެރިކަން ހޯދުމުގެ ދުޢާތަކުން ރުޤުޔާކުރުންވެއެވެ. އަދި އޭގެތެރެއިން ވެއެވެ.
- «اللهُمَّ رَبَّ النَّاسِ، أَذْهِبِ الْبَأْسَ، وَاشْفِ أَنْتَ الشَّافِي، لَا شِفَاءَ إِلَّا شِفَاءَكَ، شِفَاءً لَا يُغَادِرُ سَقَمًا»(2) މާނައީ : " އޭ ﷲއެވެ! މީސްތަކުންގެ ރައްބެވެ! ބަލިމަޑުކަމުގެ އުނދަގޫ ފިއްލަވާނދޭވެ. އަދި ޝިފާދެއްވާނދޭވެ. އިބައިލާހުއީ ޝިފާދެއްވާ އިލާހެވެ. އިބައިލާހުގެ ޝިފާ މެނުވީ އެހެން ޝިފާއެއް ނުވެއެވެ. އެޝިފާއަށްފަހުގައި ބަލިމަޑުކަމެއް ނުވާ ޝިފާއެކެވެ."
- އަދި އޭގެތެރޭގައި ޖިބުރީލް عليه السلام ނަބިއްޔާ ‘ އަށް ރުޤުޔާކުރެއްވި ރުޤްޔާ ހިމެނިގެން ވެއެވެ. «بِسْمِ اللَّهِ أَرْقِيكَ، مِنْ كُلِّ شَيْءٍ يُؤْذِيكَ، مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنٍ حَاسِدٍ، اللَّهُ يَشْفِيكَ، بِسْمِ اللَّهِ أَرْقِيكَ»(3) މާނައީ : " ﷲގެ އިސްމުފުޅުން އަހުރެން ތިބާއަށް ރުޤްޔާކުރަމެވެ. ތިބާއަށް ގެއްލުންދޭ ކޮންމެއެއްޗަކުންނެވެ. ކޮންމެ ނަފްސެއްގެ ނުބައިކަމުން ނުވަތަ ޙަސަދަވެރި ކޮންމެ ލޮލެއްގެ ނުބައިކަމުންނެވެ. ﷲ ތިބާއަށް ޝިފާދެއްވާނދޭއެވެ. ﷲގެ އިސްމުފުޅުން އަހުރެން ތިބާއަށް ރުޤްޔާކުރަމެވެ. "
އެޑިޓަރުގެ ނޯޓް: "އެމީހާގެ ދީން ވިއްކާލާ މީހާ" އަރަބި ބަހުން ލިޔެފައިވާ މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވަނީ އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު އެވެ. ސިލްސިލާ ގޮތެއްގައި މިނޫހުގެ ކިއުންތެރިންނާއި ހަމައަށް މިފޮތުގެ ބައިތަށް ގެނެސްދިނުމަށް އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު، ރުހުން ދެއްވާފައިވާކަމީ މިނޫހުގެ ކިއުންތެރިންނާއި މެނޭޖްމަންޓްގެ ފަރާތުން ވަރަށް އުފާކުރާކަމެކެވެ. މިފަދަ އަގުހުރި އެތަކެއް މަސައްކަތްތަކެއް، އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދުއަށް ކުރުމުގެ ތަޢުފީގު ދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.