ސިޙްރެއް ފެނިއްޖެ، އެއަށް ހަދާނީ ކިހިނެތް؟

61F48DE2-00A2-4023-8C83-B98C34FB0B46

ސިޙްރެއް އަހަރެންނަށް ފެނިއްޖެއެވެ. ފަހެ، އަހަރެން އެއަށް ހަދާނީ ކިހިނެތްހެއްޔެވެ؟

ސިޙްރުގެ ވަރަށްގިނަވައްތަރުތައްވެއެވެ:

1- ފަހެ، ސިޙްރަކީ ކައިފައި ނުވަތަ ބޮއިފައިވާ އެއްޗެއް ނަމަ ފަހެ، އެއެއްޗެއް ( ހުރިތަނަކުން ) ހުސްކުރެވުމުން ﷲގެ އިޛްނަފުޅާލައިގެން އޭގެ ނުރައްކާތެރިކަން ފިލައިގެންދާނެއެވެ.

ފަހެ، ސިޙްރުޖެހިފައިވާ މީހާގެ ގައިން ސިޙްރު ހުސްވުމުން އޭނާއަށްވާ އުނދަގޫތައް ﷲގެ އިޛްނަފުޅާލައިގެން ފިލައިގެންދާނެއެވެ. އަދި ކައިފައި ނުވަތަ ބޮއިފައިވާ ސިޙްރު ދެދޮރުންކުރެ ދޮރަކުން ނުކުމެދާނެއެވެ. ފަހެ، (އޭރުން) ﷲ ފަޟްލުވަންތަކަމުން ބަލިމީހާއަށް ޝިފާލިބޭނެއެވެ.

2- އަދި ސިޙްރު ލިޔެފައިވަނީ ކަރުދާސް ގަނޑެއްގައި ނަމަ ފަހެ، އެލިޔެފައިވާ ކަރުދާސް ގަނޑު ފެންތައްޓެއްގެ ތެރެއަށްލާށެވެ. އެއީ އެކަރުދާސްކޮޅުގައި ލިޔެފައިވާ އެއްޗެއްގެ އަޘަރު ފިލައިދިއުމަށް ދާންދެނެވެ.

އެއަށްފަހު އެކަރުދާސްކޮޅު ވީދާލުމަށްފަހު ކޮންމެތަނަކަށް ނަމަވެސް އެއްލާލާށެވެ. އަދި އެފެން ކޮންމެތަނަކަށް ނަމަވެސް އުނކާލާށެވެ.

3- އަދި ސިޙްރުހަދާފައިވަނީ ގޮށްޖަހައިގެން ކަމުގައިވަނީނަމަ، ފަހެ، ހަމަކަށަވަރުން ގޮށް މޮހުންވެއެވެ. އަދި ކޮންމެ ގޮށެއް މޮހާއިރު އެއަށް " އަލް މުޢައްވިޛަތައިނި " ( ފަލަޤި އަދި ނާސި ސޫރަތް ) ކިޔަވައި އަދި އެއަށް ތުބުން ފުމުންވެއެވެ. އަދި ހުރިހާ ގޮށްތަކެއް މޮހާނިމުމުން ގޮށްޖަހާފައިވާ ފަށް ބުރިބުރި ކޮށްލުންވެއެވެ.

އެއަށްފަހު އެ ކޮންމެތާކަށް ނަމަވެސް އެއްލާލާށެވެ.

ސިޙްރުގެ އެއްވެސްއެއްޗެއް އަލިފާނުން އަންދައިގެން ނުވާނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *