ކުޅުދުއްފުށީގެ ރައްޔިތުން ރައީސް ޞާލިޙަށް ތާއީދު ކުރަނީ ކޮށްދެއްވާފައިވާ މަަސައްކަތްތަކުގެ ސަބަބުން: ޝާހިދު
ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރަނީ، އެމަނިކުފާނު ކޮށްދެއްވާފައިވާ މަަސައްކަތްތަކުގެ ސަބަބުން ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭނަށް އިއްޔެ ކުޅުދުއްފުށީ ސިޓީ އަށް ވަޑައިގެން ރޭ އެރަށު އެމްޑީޕީ ޖަގަހައިގައި ބޭއްވި ޖަގަހަ ޖަލްސާއަށްފަހު އ...