ޖަޕާނުގެ ހާރިޖީ ވަޒީރު ހަޔާޝީ ޔޮޝިމާސާ، ރާއްޖޭ ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފޫލަކީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

Ad
rt

މި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން މިހާރަށްވުރެ އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވުމަށް ނިންމާފައިވާއިރު، ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ ދީދީ އާ ވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓަށް ވިސާގެ ޝަރުތުތައް 90 ދުވަހުގެ މުއްދަތަށް ލުއި ކޮށްދިނުމާއި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް) އާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ރާއްޖޭގެ ހާރިޖީ ވުޒާރާ އިން ވިދާޅުވެފައި ވެއެވެ. އަދި އެމްއެންޑީއެފްއަށް ބޭނުންވާ ފަޔަރ ވެސެލްއާއި އައިސީޓީ އެކުއިޕްމަންޓް ހަވާލުކުރުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި ޖަޕާނުގެ ހާރިޖީ ވަޒީރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއެވެ.

ހަމަމިއާއެކު ޖަޕާން ސަރުކާރުގެ އެހީގައި އިމާރާތް ކޮށްފައިވާ ސްކޫލަކާއި އެގައުމުގެ އެހީގައި މާލެ ވަށައިގެން ބިނާކޮށްފައިވާ ސީވޯލް ރަމްޒު ކޮށްދޭ ޓެޓްރާޕޮޑް މޮނިއުމަންޓަށް ވެސް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ހާރިޖިއްޔާ އިން ވިދާޅުވެއެވެ.