މިއުނިކް ލީޑާސްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޖަޕާނަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިއީ މި މޭ މަހުގެ 14 ން 16 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

Ad
rt

މި ދަތުރުފުޅުގައި ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ އާއި މިއުނިކް ލީޑާސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސް އިން އިންތިޒާމްކޮށްގެން ބާއްވާ މި ބައްދަލުވުމުގައި ގައުމުތަކުގެ ވެރިންނާއި މިނިސްޓަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް މައުލޫމާތު ދެއްވައެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ވިދާޅުވީ މި ބައްދަލުވުމުގައި ބައިނަލްއަގުވާމީ ސަލާމަތީ ސިޔާސަތާއި ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް ބަހުސްކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޚާރިޖީ ވަޒީރު ޝާހިދު ޖަޕާނަށް ވަޑައިގަތީ ސާބިއާ އާއި ހަންގޭރީ އަދި ސްވިޑަންއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެވެ.