މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިހަވަންދޫ ކައުންސިލް

122 Stories filed
މައިޒާން އިލެކްޓްރޯނިކްސްގެ ފަރާތުން އިހަވަންދޫ ކައުންސިލަށް އެހީތެރިވެއްޖެ
Thiladhunmathi News

މައިޒާން އިލެކްޓްރޯނިކްސްގެ ފަރާތުން އިހަވަންދޫ ކައުންސިލަށް އެހީތެރިވެއްޖެ

މައިޒާން އިލެކްޓްރޯނިކްސް ޕްރައިވެޓް ލިމިޓެޑްގެ ފާރާތުން ހއ. އިހަވަންދޫ ކައުންސިލަށް ފެން ހޫނުކޮށް ފިނިކުރުމަށް ބޭނުންކުރާ އާލާތެއް ހަދިޔާ ކޮށްފިއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސަބާހް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކުންފުނީގެ ފަރާތުން ކައުންސިލަށް އެހީތެރިކަން ފޯރުކޮށްފައިވަނީ މިއަދު ކަމަށެވެ. މި އާލާތް އިހަވަންދޫ ކައުންސިލާއި ހަވާލުކޮށްފައިވަނީ އެކޮމްޕެނީގެ ޗެއަރމަން އަހައްމާދީދީއެވެ. ކައުންސިލްގެ ފަރާތުން ޕްލާންޓާއި ހަވާލުވެފައިވަނީ ކައުންސިލްގެ ރައީސް އަޙްމަދު...

އިހަވަންދޫ ކައުންސިލުން ރޯދަމަހު ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދޭނީ ހިލޭ!
Thiladhunmathi News

އިހަވަންދޫ ކައުންސިލުން ރޯދަމަހު ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދޭނީ ހިލޭ!

ރޯދަމަހާއި ގުޅިގެން ރައްޔިތުންނަށް ލުއިކަމެއް ހޯދައިދިނުމުގެ ގޮތުން ހއ. އިހަވަންދު ގޭބިސީ ތަކުން ކުނި ނެގުމުގެ މަސައްކަތް ހިލޭ ކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް “ތިލަދުން” އަށް ވިދާޅުވީ މިއީ ރޯދަމަހުގެ ހަދިޔާއެއްގެ ގޮތުން އެރަށު ރައްޔިތުންނަށް ކައުންސިލްގެ ފަރާތުން ކޮށްދޭ ޚިދުމަތެއް ކަމަށެވެ. އެގޮތުން މިޚިދުމަތް ބޭނުންވާ ފަރާތްތަކުން މާރޗް 29 ވާ އަންގާރަ ދުވަހުގެ ކުރިން އެކައުންސިލްގެ ނަންބަރ 6500013 އަށް ގުޅުއްވައިގެން ރަޖިސްޓްރީ...

އޯޝަންލިންކް އަދި ދަމާސްގެ ފަރާތުން އިހަވަންދޫއަށް ހައިޑްރޯލިކް ސްލިޕްވޭ ވިންޗެއް ހަދިޔާކޮށްފި
Thiladhunmathi News

އޯޝަންލިންކް އަދި ދަމާސްގެ ފަރާތުން އިހަވަންދޫއަށް ހައިޑްރޯލިކް ސްލިޕްވޭ ވިންޗެއް ހަދިޔާކޮށްފި

އޯޝަންލިންކް ޕްރައިވެޓް ލިމިޓެޑް އަދި ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހއ. އިހަވަންދޫ ކައުންސިލަށް ހައިޑްރޯލިކް ސްލިޕްވޭ ވިންޗެއް ހަދިޔާކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވީ އެދެކުންފުނީގެ ފަރާތުން ކައުންސިލާއި ވިންޗް ހަވާލުކޮށްފައިވަނީ އިއްޔެ ކަމަށެވެ. މިއީ 30 ޓަނުގެ ވިންޗެކެވެ. ވިންޗް ހަވާލުކުރުމުގެ ބައްދަލުވުމުގައި އެދެކުންފުނީގެ އިސްބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ. ކައުންސިލްގެ ފަރާތުން ވިންޗާއި ހަވާލުވެފައިވަނީ ކަ...

އިހަވަން ރަމަޟާން ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

އިހަވަން ރަމަޟާން ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. އިހަވަންދޫ ކައުންސިލުން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، އިހަވަން ރަމަޟާން ބާޒާރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ރަމަޟާންމަހާއި ދިމާކޮށް، “އިހަވަން ރަމަޟާން ބާޒާރު” ގެ ނަމުގައި ބާޒާރެއް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު މަޤުޞަދަކީ ރަށުގެ ވިޔަފާރިވެރިންނަށް ތަކެތި ވިއްކޭނެ ފަހި ފުރުސަތުތަތެއް ތަނަވަސް ކޮށްދިނުމުގެ އިތުރުން އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ރަމަޟާންމަހަށް ބޭނުންވާ ސާމާނު ހެޔޮ އަގެއްގައި އެއްތަނަކުނ...

އިހަވަންދޫގައި ފައިބަރުން އޮޑިދޯނިފަހަރު ބަނުމަށް ވިޔަފާރި އުޞޫލުން ބިން ދޫކުރަނީ
Thiladhunmathi News

އިހަވަންދޫގައި ފައިބަރުން އޮޑިދޯނިފަހަރު ބަނުމަށް ވިޔަފާރި އުޞޫލުން ބިން ދޫކުރަނީ

ހއ. އިހަވަންދޫގައި ފައިބަރު އޮޑިދޯނިފަހަރު ބަނުމަށް ވިޔަފާރު އުސޫލުން ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިކަން ހާމަކޮށް މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ފައިބަރުން އޮޑިދޯނި ފަހަރު ބަނުމަށް ވިޔަފާރި އުޞޫލުން ބިން  ހޯދުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 20 ފެބްރުއަރީ 2022 އިން ފެށިގެން 28 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް އެ އިދާރާއަށް ދުރުވެ އެކަމާއި ގުޅުންހުރި މަޢުލޫމާތު ސާފުކުރެއްވުމަށް އެދޭކަމަށެވެ. އެ ކައުންސިލުން […]

އިހަވަންދޫން ޒުވާނަކު ގެއްލިގެން ހޯދަނީ
Thiladhunmathi News

އިހަވަންދޫން ޒުވާނަކު ގެއްލިގެން ހޯދަނީ

ހއ. އިހަވަންދޫން ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް “ތިލަދުން” އަށް ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ އުމުރުން 31 އަހަރުގެ، އެރަށު، މަފުރާވިލާ، ހަސަން ފަހުދު ކަމަށެވެ. ފަހުދަކީ އިހަވަންދޫ ފެނަކަ ބްރާންޗްގެ މުވައްޒަފެކެވެ. އޭނާ ގެއިން ނުކުތީ މޫދަށް ދަނީކަމަށް ބުނެ ހަވީރު 16:30 ހާއިރުއެވެ. “އޭނާ އެ ގުޅި މީހަކަށް ގުޅާފަ ދެން ވަޒީފާއަށް ވެސް ނުދާނެ ކަމަށް ބުނިކަމަށް ވަނީ، ކޮންމެވެސް ވަރެއްގެ […]

އިހަވަންދޫ ކައުންސިލްގެ ލޯގޯ ފަރުމާކޮށްދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

އިހަވަންދޫ ކައުންސިލްގެ ލޯގޯ ފަރުމާކޮށްދޭނެ ބަޔަކު ހޯދަނީ

ހއ. އިހަވަންދޫ ކައުންސިލްގެ ލޯގޯ ހިލޭ ސާބަހަށް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާގެ ލޯގޯ ފަރުމާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކޮށްދޭނެ ބަޔެއް ހިލޭ ސާބަހަށް ހޯދަނީ ބައެއް ފަރާތްތަކުން ހިލޭ އެ މަސައްކަތްކޮށްދޭން ޝައުގުވެރިކަން ފާޅުކޮށްފައިވާތީ ކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އެފަރާތްތަކުން އަންނަ ފެބުރުއަރީ މަ...

އިހަވަންދޫގައި އެއްގަމު ލައިސަންސް ޓްރެކެއް ހަދައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

އިހަވަންދޫގައި އެއްގަމު ލައިސަންސް ޓްރެކެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ހއ. އިހަވަންދޫގައި އެއްގަމު ލައިސަންސް ނެގުމަށް ޓްރެކެއް ހަދާދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެފަރާތްތަކުން މިފެށޭ ފެބުރުއަރީ މަހުގެ 06 ވަނަ ދުވަހުގެ 13:15 އަށް އެއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށް ފަހު ފެބުރުއަރީ 14 ވަނަ ދުވަހުގެ 13:15 އަށް އަންދާސީ ހިސާބު ހުށައެޅުމަށް އެކަ...

އިހަވަންދޫ ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގައި ހިމެނޭ ލައިސަންސް ޓްރެކްގެ ޑިޒައިން ނިންމާލައިފި
Thiladhunmathi News

އިހަވަންދޫ ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގައި ހިމެނޭ ލައިސަންސް ޓްރެކްގެ ޑިޒައިން ނިންމާލައިފި

ހއ. އިހަވަންދޫ ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގައި ހިމެނޭ ލައިސަންސް ޓްރެކް ޑިޒައިން މަސައްކަތް ނިންމާ ކައުންސިލާ ހަވާލުކޮށްފިއެވެ. އިހަވަންދޫ ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދެމުން ދަނީ އެރަށުގެ އޮޓޯސޭވް ޕްރޮޑަކްޝަން (އޭ.އެސް.ޕީ) ސްޓޫޑިއޯއިންނެވެ. އިހަވަންދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އިހަވަންދޫ ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގެ މަސައްކަތުގެ ތެރެއިން ލައިސަންސް ޓްރެކް ޑިޒައިންގެ މަސައްކަތް އެ ސްޓޫޑިއޯއިން އިއްޔެ ވަނީ ކައުންސިލާއި ހަވާލުކޮށް...

ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އިހަވަންދޫގެ ކަރަންޓީން ވެފައިވާ ގޭ ތަކަށް ހަދިޔާ ބަހައިފި
Thiladhunmathi News

ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އިހަވަންދޫގެ ކަރަންޓީން ވެފައިވާ ގޭ ތަކަށް ހަދިޔާ ބަހައިފި

ހއ. އިހަވަންދޫ ގެ ހެޔޮ އެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އެރަށު ކައުންސިލުން، ކޯވިޑްގެ ސަބަބުން އެ ރަށުގައި މިވަގުތު ކަރަންޓީން ވެފައިވާ ގޭތަކަށް ހަދިޔާގެ ގޮތުގައި ތަކެތި ފޯރުކޮށްދީފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ އެ ރަށުގައި މިވަގުތު ކަރަންޓީން ވެފައިވާ 29 ގެއަށް މިއަދު ހަދިޔާ ދީފައިވާނެ ކަމަށެވެ. ހަދިޔާގެ ތެރޭގައި ސައިބޯނި، ހަނޑޫ ފަދަ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ބައެއް މުއައްސަސާތަކަށް ވެސް […]

އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކޮށްދެނީ އޭއެސްޕީ ސްޓޫޑިއޯއިން
Thiladhunmathi News

އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކޮށްދެނީ އޭއެސްޕީ ސްޓޫޑިއޯއިން

ހއ. އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކޮށްދިނުމުގެ މަސައްކަތާ އެރަށުގެ އޭ.އެސް.ޕީ ސްޓޫޑިއޯއިން ހަވާލުވެއްޖެއެވެ. އެ މަސައްކަތް އޭ.އެސް.ޕީ ސްޓޫޑިއޯއަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު އިހަވަންދޫ ކައުންސިލް އިދާރާގައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަދި ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޞަބާޙް “ތިލަދުން”އަށް ވިދާޅުވީ، އެ މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމައި، ކައުންސިލާ ހަވާލުކުރާގޮތަށް އެއްބަސް ވެވިފައިވާ ކަމަށެވެ. ހިލޭ ސާބަހަށް މި މަސައްކ...

މޮނިޓަރިންގައި އޮތް އިހަވަންދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި
Thiladhunmathi News

މޮނިޓަރިންގައި އޮތް އިހަވަންދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

ކޯވިޑް-19ގެ ސަބަބުން ހއ. އިހަވަންދޫ މޮނިޓަރިން ހާލަތުގައި އޮތްއިރު، އެ އެރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅު އިތުރަށް ވަރުގަދަކޮށްފިއެވެ. އިހަަވަންދޫ މޮނިޓަރިން ހާލަތަށް އިއްޔެ ގެނެސްފައި މިވަނީ އެރަށުގެ ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ ކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ފިޔަވަޅުތައް އެޅުމަށް އީއޯސީ އިން ނިންމާފައިވާ ކަމަށްވެސް އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ. އެގޮތުން ރައ...

އިހަވަންދޫގައި ކުނި ނައްތާލަން ބޭނުންވާ ތަކެތި ހޯދަން އެމްއޯޔޫއެއްގައި ސޮއިކޮށްފި
Thiladhunmathi News

އިހަވަންދޫގައި ކުނި ނައްތާލަން ބޭނުންވާ ތަކެތި ހޯދަން އެމްއޯޔޫއެއްގައި ސޮއިކޮށްފި

ހއ. އިހަވަންދޫގައި ރައްކާތެރިކަމާއެކު ކުނި ނައްތާލަން ބޭނުންވާ ތަކެތި ހޯދުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާ އެ ރަށު ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް އަހުމަދު ސަބާހުއެވެ. ކައުންސިލާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން އިހަވަންދޫގައި ކުނި ނައްތާލަން ބޭނުންވާ ތަކެތި ހޯދަން ބަޖެޓެއް ކަނޑައަޅާނ...

އިހަވަންދޫގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ފަށަނީ
Thiladhunmathi News

އިހަވަންދޫގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ފަށަނީ

ހއ.އިހަވަންދޫ ކައުންސިލާއި ކުލަބް ޕޯލްސްޓާގެ އިތުރުން ޕްރައިމް މޯލްޑިވްސް ގުޅިގެން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 06 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަތަރު ދުވަހުގެ ނިޔަލަށެވެ. މި ތަމްރީން ޕްރޮގްރާމްގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ދަނޑުވަރެކަމަށް ތައްޔާރުވާނެ ގޮތާއި، ދަނޑުވެރިކަމަށް ބޭނުންވާ...

އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. އިހަވަންދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކޮށްދެން ބޭނުންފަރާތްތަކަށް، ކޮންސެޕްޓް ހުށަހެޅުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފި އެވެ. އިހަވަންދޫ ކައުންސިލުން ނެރުއްވި އިއުލާނެއްގައި ވާގޮތުން އެރަށު ބަނދަރު ސަރަޙައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދި ބައެއް ފަރާތްތަކުން ދަނީ ޝައުޤުވެރިކަން ފާޅުކުރަމުންނެވެ. އެހެންކަމުން އެކައުންސިލުން ވަނީ އެ ރަށުގެ ބަނދަރު ސަރަޙައްދު ޑިޒައިންކޮށް ދޭން ބޭނުންވާ ފަރާތްތަކަށް، ކޮންސެޕްޓް ހުށަހެޅުމުގެ ފުރުޞަތު ހުޅު...